އެލްކޭޖީން ފެށިގެން ގްރޭޑް 8 އަށް ކިޔަވައިދޭނީ އޮންލައިންކޮށް

މާލޭ ސަރަހައްދުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ އެ ސަރަހައްދުގެ އިސްކޫލުތަކުގެ އެލްކޭޖީން ފެށިގެން ގްރޭޑް 8 އަށް އޮންލައިންކޮށް ކިޔަވައިދޭން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ. މި ގޮތަށް ކިޔަވައިދޭނީ 28 ފެންރުއަރީ 2021 އިން ފެށިގެން 11 މާޗް 2021 އާ ހަމައަށެވެ.

މާލެ ސަރަހައްދުގައި ކޯވިޑް ފެތުރޭ ނިސްބަތް މިހާރު ހުރީ ސަތޭކައިން މަތީގައެވެ. ބަލި ފެތުރުން ކޮންޓުރޯލު ކުރުމުގެ ގޮތުން އެޗްޕީއޭއިން ދަނީ ފިޔަވަޅުތައް އިހަށްވުރެ ކަރުކަށި ކުރަމުންނެވެ. މިހާރު މާލޭ ސަރަހައްދުގައި ވަނީ ރޭގަނޑު 11 އިން ފެށިގެން ހެނދުނު 6 އަށް ބޭރަށް ނުކުމެ އުޅުން މަނާކޮށްފައެވެ. އަދި ސައިހޮޓަލާއި ރެސްޓޯރަންޓުފަދަ ތަންތަން ރޭގަނޑު 8 ޖަހާއިރު ބަންދު ކުރާ ގޮތަށް ހަމަޖައްސައިފައެވެ. މީގެ އިތުރަށް ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތް ގޭގައި ތިބެގެން ކުރާ ގޮތަށްވެސް ވަނީ ހަމަޖައްސައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.