ކޮވިޑް-19 : ނިޔާވި މީހުންގެ ޢަދަދު 61 އަށް

ކޯވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެ ނިޔާވި މީހުންގެ ޢަދަދު 61އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިވާގޮތުގައި އެންމެފަހުން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ ރޭ 12:22 ހާއިރުއެވެ. މިއީ މި ފެބްރުއަރީ މަހު މިބަލީގައި ރާއްޖެއިން ނިޔާވި 9 ވަނަ މީހާއެވެ. މިއީ މިހާތަނަށް އެއް މަހެއްގައި އެންމެ ގިނަ މީހުން ކޯވިޑް ޖެހިގެން ރާއްޖެއިން ނިޔާވީ މަހެވެ. ރާއްޖެއިން ކޯވިޑް-19ޖެހިގެން 61 މީހަކު މިހާތަނަށް ނިޔާވެއްޖެއެވެ. އޭގެ ތެރޭގައި ހިމެނެނީ 53 ދިވެހިންނާއި 8 ބިދޭސީންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.