'އިސްލާމީ ވަކިވެގަތުން' ހުއްޓުވާ ބިލް ފްރާންސުގެ ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފި

ފްރާންސުގެ ގާނޫނުހަދާ މަޖިލީހުގެ ޖަލްސާއެެއް

'ހަރުކަށި ފިކުރާ' ހަނގުރާމަކޮށް 'އިސްލާމީ ވަކިވެގަތުން ހުުއްޓުވާ ބިލް ފްރާންްސްގެ ގާނޫނުހަދާ މަޖިލީހުގެ ދަަށުގެއިން ފާސްކޮށްފިއެވެ. ސަރުކާރުން ދެކޭ ގޮތުގައި މި ބިލަކީ "ފްރާންސްގެ އަލްމާނީ (ސެކިއުލާ) ސަގާފަތަށް ނުރައްކާކުރާ ދީނީ ޖަމާއަތްތަކަށް" ދިން ރައްދެކެވެ.

ރައީސު އިމާނުއެލް މެކްރޯންގެ ލާ ރިޕަބްލިކް އޮން މާޝް (ދަ ރިޕަބްލިކް އޮން މާޗް) ޕާޓީގެ ފުރިހަމަ ތާއީދާއެކު މިއަދުގެ (އަންގާރަ ދުވަހުގެ) ވަގުތެއްގައި ފާސްކުރި މި ބިލަށް 347 ވޯޓު ލިބިފައި ވެއެވެ. ދެކޮޅަށް 151 ވޯޓު ލިބިފައިވާއިރު، 65 މެންބަރަކު ވޯޓުގައި ބައިވެރިވެވަޑައިނުގަންނަަަވައެވެ.

ފަހަކަށް ފްރާންސުގައި މުސްލިމުންނާ ދެކޮޅަށް ހަރުކަށި  ފިޔަވަޅު އަޅަމުން ދާއިރު، 13 ގައުމަކަށް ނިސްބަތްވާ 36 އެންޖީއޯއަކުން ވަނީ އެ ގައުމުގައި ރޭވުންތެރިކަމާއެކު ކުރިއަށް ގެންދާ އިސްލާމްދީނާ ދެކޮޅު ސިޔާސަތުގެ މައްސަލައިގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަށް ޕެޓިޝަނެއް ހުށަަހަޅާފައެވެ.

"ފްރާންސުން ދަނީ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް އަދި އިންޓަނޭޝަނަލް ކޮވެނަންްޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްްއާ ޚިލާފުވަމުން. ފްރާންސުން ވަނީ ކުޑަކުދިންގެ މިނިވަންކަމަށް އަރައިގެންފައި، އަދި ވަކީން ޚާއްސަކޮށް މުސްލިމް ކުޑަކުދިންނަށް އަމާޒުކޮށް (ކޯށްފައިވާ ކަންކަމުގައި) ޔޫއެން ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑްއާ ޚިލާފުވެވައި." އެ ޕެޓިޝަނުގައި ވެއެވެ.

އެންޖީއޯތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި ފްރާންސުން ދަނީ އަލްމާނިއްޔަތު (ސެެކިއުލަރިޒަމް) ހަތިޔާރަކަށް ހަދައިގެން މުސްލިމުން ދީނީ އަދި ސިޔާސީ ހަރަކާތްތަކުގެ ތެރެއަށް ސަރުކާރުން ވަނުމަކީ ހުއްދަ ކަމަކަށް ހަދާފައެވެ.

އެ ޕެޓިޝަންގައި އދ. އަށް ގޮވާލާފައި ވަނީ މި މުއާހަދާތަކަށް އަމަލުކުރުމުގެ އިތުރަށް، ނަސްލީ ތަފާތުކުރުމާ ނަސްލީ އިމްތިޔާޒާ ދެކޮޅު ހުރިހާ ގަރާރަކަށް ފްރާންސުން އަމަލުކުރާކަން ކަށަވަރުކުރުމަށެވެ.

އަދި އެ ޕެޓިޝަނުގައި ފްރާންސަށް ގޮވާލާފައި ވަނީ މި ފަދަ ތަފާތުކުރުން ހުއްޓުވުމަށް ޒަރޫރީ މިންވަރަށް މި ގާނޫނަށް ބަަދަލުގެނައުމަށެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.