ކޮވިޑް-19، ދިފާޢު : މިހާތަނަށް ބައި ލައްކައަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފި

ރާއްޖޭގައި މިހާރު ޖަހަން ފަށާފައިވާ ކޮވިޑް-19އިން ރައްކާތެރިވާ ވެކްސިން މިއަދު އެކަނިވެސް 6,230 މީހުންނަށް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން މުޅި ރާއްޖެއިން މިއަދު 6,230މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެސަރަޙައްދުން ވެކްސިން ޖެހި 4,020 މީހުންނާއި އަތޮޅުތެރޭގައި ވެކްސިންޖެހި 2,090 މީހުން ހިމެނޭހެންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 50,047އަށް އަރާފައެވެ.

މިހާތަނަށް ވެކްސިން ޖެހި ޖުމުލަ ޢަދަދުގެތެރެއިން މާލެ ސަރަޙައްދުން  39,309މީހުންނަސް ވަނީ ވެކްސިން ޖަހާފައެވެ. އަދި އަތޮޅުތަކުން  10,519 މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. މިހާރުވަނީ ރިސޯޓްތަކުގައި ވެކްސިން ދޭން ފަށާފައެވެ. އެގޮތުން މިހާތަނަށް  219 މީހަކަށް ރިސޯޓަކުން ކޮވިޑް ވެކްސިން ޖަހާފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.