ރާއްޖޭގައި އަނެއްކާވސް ކޮވިޑް-19ގެ ޙާލަތު ގޯސްވެ ކޮންމެ ދުވަހަކު މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވުމާ ގުޅިގެން ޙާލަތު އެންމެ ގޯސްވެފައިވާ ވެރިރަށް މާލޭ ސަރަޙައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަނެއްކާވެސް އިތުރު 2 ހަފްތާއަށް ދެމެހެއްޓުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިރޭ ނެރުއްވާފައިވާ އެންގުމުގައި ބަޔާންކޮށްފައި ވަނީ މިމަހުގެ 2ވަނަ ދުވަހު ޖުމުލަ 14 ދުވަހަށް މުއްދަތައް މާލެ ސަރަޙައްދުގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތައް މާދަމާއިން ފެށިގެން އަނެއްކާވެސް އިތުރު 14 ދުވަހަށް އަޅާފައިވާކަމަށެވެ.
އެގޮތުން ކުރިއަށް އޮތް 2 ހަފްތާގައިވެސް ކޮންމެ ދުވަހަކު ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30އާ ހަމައަށް މާލެ ސަރަޙައްދުގައި ޢާއްމުން ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. އަދި އިރުއޮއްސި 6 އިން ހެނދުނު 6 އަށް މާލެ ސަރަހައްދުގައި އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމަކީ މަނާ ކަމެކެވެ.
މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް މިދުވަސްވަރުވަނީ ވަރަށްބޮޑަށް ވަރުގަދަކޯށްފައެވެ. އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ޢާއްމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަކީ މަޖުބޫރު ކަމެކެވެ.