ކޮވިޑް-19، ދިފާޢު : މިހާތަނަށް 43،817 މީހުންނަށް ވެކްސިން ދީފި

ރާއްޖޭގައި މިހާރު ޖަހަން ފަށާފައިވާ ކޮވިޑް-19އިން ރައްކާތެރިވާ ވެކްސިން މިއަދު އެކަނިވެސް 5485 މީހުންނަށް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން މުޅި ރާއްޖެއިން މިއަދު 5،485މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެސަރަޙައްދުން ވެކްސިން ޖެހި 4،257 މީހުންނާއި އަތޮޅުތެރޭގައި ވެކްސިންޖެހި 1،129 މީހުން ހިމެނޭހެންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 38،591އަށް އަރާފައެވެ.

މިހާތަނަށް ވެކްސިން ޖެހި ޖުމުލަ ޢަދަދުގެތެރެއިން މާލެ ސަރަޙައްދުން  31،322މީހުންނަސް ވަނީ ވެކްސިން ޖަހާފައެވެ. އަދި އަތޮޅުތަކުން  7،170 މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ. މިހާރުވަނީ ރިސޯޓްތަކުގައި ވެކްސިން ދޭން ފަށާފައެވެ. އެގޮތުން މިހާތަނަށް  99 މީހަކަށް ރިސޯޓަކުން ކޮވިޑް ވެކްސިން ޖަހާފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.