މާމެންދޫގައިމަރާލި ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ ފޮނުވައިފި 

ގއ. މާމެންދޫގައި މި މަހުގެ އަށްވަނަ ދުވަހު ހިންގި ގްރޫޕް މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޢުމުރުން 17 އަހަރު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް ފޮނުވައިފިއެވެ. 

މި ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ހަމަޖެހިފައިވަނީ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖުން ކަމަށް ފުލުހުން ބުނެއެވެ. މިކުައްޖާ  މަރުވެފައިވަނީ މާރާމާރީގައި ދިންމަލާތަކުން ލިބުނު ޒަހަމްތަކަށް  ފަރުވާ ދެމުން ދަނިކޮށެވެ.  މާމެންދޫ މާރާމާރީގައި  މަރުވެފައިވަނީ އެރަށު ލިލީ އޮފްދަ ވެލީ، އަހްމަދު އުދައްޔުއެވެ. އާނާގެ ހަށިގަނޑުގެ ޕޯސްޓުމޯޓަމް ހަދަނީ މަރުވި ސީދާ ސަބަބު ހޯދުމަށް އަދި ތަހުގީގާއި ޝަރީއަތުގެ މަރުހަލާއަށް ކުރިމަތިވާ ގިނަ ސުވާލުތަކެއްގެ ތަފްސީލީ ޖަވާބު ޕޯސްޓުމޯޓަމްއިން ލިބިގެންދާނެތީ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. 

އެ މާރާމާރީގައި އުދައްޔު މަރުވެފައިވާއިރު އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ފިރުޝާން ޒާހިރަށް ވެސް ވަނީ އަނިޔާ ލިބިފައެވެ. މި މާރާމާރީއާ ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.  މާރަމާރީ ފުުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ދަނީ ތަހުގީގުކުރަމުންނެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.