ކޮވިޑް-19 : މިއަދު އިތުރު ދިވެއްސަކު ނިޔާވެ، ޢަދަދު 58 އަށް 

ކޯވިޑްގައި މިއަދު އިތުރު ދިވެއްސަކު ނިޔާވެ ކޯވިޑްގައި ނިޔާވި ދިވެހިންގެ އަދަދު 50 އަށް އަރައިފިއެވެ. މިއީ ރާއްޖެއިން މިބަލީގައި ނިޔާވި 58 ވަނަ މީހާއެވެ. 

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި ކޯވިޑުގައި ރާއްޖެއިން ނިޔާވި 58 ވަނަ މީހަކީ ރޭގެ 3:17 ހާއިރު އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ އުމުރުން 59 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ 24 ގަޑިއިރުގެ ތެރޭގައި މިބަލީގައި ނިޔާވި ދެވަނަ މީހާއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނިޔާވި ފުރަތަމަ މީހަކީވެސް އައިޖީއެމްއެޗްގެ އެމެޖެންސީއަށް ފަރުވާދޭން ގެންދިޔަ ދިވެހި އަންހެނެކެވެ. އެއީ ޢުމުރުން 78 އަހަރުގެ  މީހެކެވެ. މިމީހާ ނިޔާވެފައި ވަނީ ރޭ 8:12 ހާއިރުއެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ ނިޔާވީފަހުން ހެދި ޓެސްޓުންނެވެ.

މިއާއެކު ކޯވިޑް-19ގައި މިމަހު ނިޔާވި މީހުންގެ އަދަދު ހަޔަކަށް އެރީއެވެ. މި އަހަރުގެ މިހާތަނަށް ކޯވިޑްގެ މަރުގެ އަދަދު 10 އަށް އެރީއެވެ. މިހާތަނަށް ޖުމުލަ 58 މީހުން ކޯވިޑްގައި ރާއްޖެއިން ނިޔާވެފައި ވާއިރު އޭގެތެރޭގައި ހިމެނެނީ 50 ދިވެހިންނާއި 8 ބިދޭސީންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.