ރާއްޖެއިން ކޯވިޑް -19 ގައި މަރުވި މީހުންގެ ޢަދަދު 55 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން ވިދާޅުވީ ކޯވިޑުގެ 55 ވަނަ މަރަކީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދަނިކޮށް މިއަދު މަރުވި އުމުރުން 60 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވީ މިއަދު ހެނދުނު 11:07 ހާއިރުއެވެ.
ރާއްޖޭގެ ކޯވިޑް ކޭސްތައް އަނެއްކާ ވެސް އިތުރުވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރާމީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ދޭ މީހުންގެ ޢަދަދު ވަނީ 207 އަށް އަރާފައެވެ