ކޮވިޑް-19: ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 53އަށް

ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19އަށް ފަރުވާދެމުންދިޔަ މީހަކު ނިޔާވެ ކޮވިޑް-19ގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 53އަށް އަރައިފިއެވެ.

މިއަދު ހަވީރު 15:42ގައި ނިޔާވެފައިވާ މީހަކީ ޢުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއެވެ.

އެންމެފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކު ރާއްޖޭގައި ނިޔާވީ މިދިޔަ ޖެނުއަރީމަހުގެ31ވަނަ ދުވަހުއެވެ. އެއީ ދިވެއްސެކެވެ.  އެދުވަހު ނިޔާވެފައިވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ ޢުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަހަރު ފެށުނުފަހުން ކޮވިޑް-19ގެ ކޭސްތައް އިތުރުވެ ނުރައްކާތެރިކަންވަނީ ބޮޑުވެފައެވެ. މިއަހަރުގެ ފުރަތަމަ މަސް ނިމުނުއިރު، 4 މީހުން މިވަނީ މިބަލީގައި ނިޔާވެފައެވެ. މިއީ 5ވަނަ މީހާއެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދަކީ މިހާތަނަށް  16,155 އެވެ. ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 14,263 މީހުން ވަނީ ރަނގަޅުވެފައެވެ. މިހާރު ކޮވިޑް-19ގެ ބަލިމީހުންގެ ގޮތުގައި ފަރުވާދެމުންދަނީ 1,833  މީހުންނަށެވެ. މިވަގުތު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 186 މީހުންނަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.