ކޮވިޑް-19 : ޕޮޒިޓިވް ޢަދަދުތައް އިތުރުވާނަމަ ފަރުވާދޭން ދަތިވާނެ

މިއަހަރު ފެށުނީއްސުރެ ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދުތައް އިތުރުވަމުންދާކަމަށާ، ޢަދަދުތައް މިގޮތަށް މައްޗަށް ދާނަމަ ކޮވިޑް-19ގެ ބަލި މީހުންނަށާއި އެހެނިހެން ބަލިތަކަށް ފަރުވާކުރާ މީހުންނަށް ފަރުވާދޭން ދަތިވެދާނެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

މިއަހަރު ފެށުނީއްސުރެވެސް  ކޮވިޑް-19 ކޭސްތަކުގެ ޢަދަދު ހުރީ ދުވާލަކު 50 އަށްވުރެ މަތީގައެވެ. ޚާއްސަކޮށް ވޭތުވެދިޔަ ހަފްތާގައި ކޭސްތަކުގެ ޢަދަދު މިވަނީ 100 އިން މައްޗަށް ޖެހިފައެވެ. މިގޮތަށް ކޭސްތައް އިތުރުވާނަމަ ސިއްޙީ ޙިދުމަތްދޭ ތަން ތަނަށް ނުކަތާވަރު ވެދާނެކަމުގެ އިންޒާރު އެޗްޕީއޭއިން ވަނީ ދެއްވާފައެވެ. އަދި ކޮވިޑް-19 އާއި އެހެނިހެން ބަލިތަކަށް ފަރުވާދިނުމަށް ބުރޫ އަރާނެކަމަށާ، ވީމާ އަބަދުވެސް ރައްކާތެތިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާކަމަށް އެޗްޕީއޭއިންވަނީ ވިދާޅުވެފައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.