ކޮވިޑް-19 : އިތުރު މަރެއް، ޢަދަދު 52އަށް

ހުޅުމާލެ މެޑިކަލް ފެސިލިޓީ - ފޮޓޯ:އެސްޓީއޯ

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހަކު ނިޔާވެ ކޮވިޑް-19ގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 52އަށް އަރައިފިއެވެ.

މިރޭ 7:33ގައި ނިޔާވެފައިވާ މީހަކީ ޢުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއެވެ.

އެންމެފަހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކު ރާއްޖޭގައި ނިޔާވީ މިޖެނުއަރީމަހުގެ 24ވަނަ ދުވަހުއެވެ. އެއީ ދިވެއްސެކެވެ.  އެދުވަހު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ ޢުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަހަރު ފެށުނުފަހުން ކޮވިޑް-19ގެ ކޭސްތައް އިތުރުވެ ނުރައްކާތެރިކަންވަނީ ބޮޑުވެފައެވެ. މިއަހަރުގެ ފުރަތަމަ މަސް ނިމިގެންދާއިރު، މިމަހު 4 މީހުން މިވަނީ މިބަލީގައި ނިޔާވެފައެވެ. ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދަކީ މިހާތަނަށް  15,736 އެވެ. ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 14,096 މީހުން ވަނީ ރަނގަޅުވެފައެވެ. މިހާރު ކޮވިޑް-19ގެ ބަލިމީހުންގެ ގޮތުގައި ފަރުވާދެމުންދަނީ 1,582  މީހުންނަށެވެ. މިވަގުތު މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 152 މީހުންނަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.