ކޯވިޑް ވެކްސިން ޖައްސަވަން ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ކޯވިޑުން ރައްކާތެރިވުމަށް ވީހާވެސް އަވަހަށް ރާއްޖެއަށް މިހާރު ލިބިފައިވާ ވެކްސިން ޖައްސަވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ ރާއްޖެއަށް ލިބިފައިވާ އެސްޓްރާޒެނެކާގެ ވެކްސިން ވިހާވެސް އަވަހަށް ޖައްސަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެމަނިކުފާނަށް ވެކްސިން ލިބި އެއްވެސް މީހަކަށް އެމަނިކުފާނުގެ ފަރާތްޕުޅުން ބަލި ނުޖެހުމަށް ކަމަށެވެ. އަދި  އެމަނިކުފާނަށްވެސް ރައްކާތެރިކަން ލިބި، އެންމެން ކޯވިޑުން ސަލާމަތްވުމަށް ކަމަށެވެ.  

މިހާރު ރާއްޖެއަށް ލިބިފައިވަނީ އިންޑިއާ އިން ހަދިޔާކުރި  ކޯވިޑް ވެކްސިނެވެ. އެއީ އިންޑިޔާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ އެސްޓްރާޒެނެކާގެ ވެކްސިނެކެވެ.  މިވެކްސިންގެ  އެއްލައްކަ ޑޯޒް ، ންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ.  

ވެކްސިން ޖެހުމަށް ވާންޖެހޭ ތައްޔާރީތައް ރާއްޖޭގައިވެސް ދަނީ ވަމުންނެވެ. އެގޮތުން ވެކްސިކް ޖެހުމަށް ރަޖިސްޓްރީ ވުމަށް ވަނީ ފުރުޞަތު ހުުޅުވާލައިފައެވެ. ރާއްޖެއިން ފުރަތަމަ ވެކްސިން ޖެހުމަށް ނިންމައިފައިވަނީ ފޮރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނާއި ހައިރިސްކް މީހުންނަށެވެ. ވެކްސިން ޖެހުމަށްޓަކައި 19 ހަހަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިމަހު 25 ވަނަ ދުވަހު ވަނީ ހާމަކުރައްވައިފިއެވެ. ރަޖިސްޓްރީ ވުމަށް ފުރުޞަތު ހުުޅުވާލީ މިމަހު 18 ގައެވެ. 

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މިވެކްސިން ޖެހުމަށް އަދި ހުއްދަ ދީފައިވާނުވާތީ އެވެކްސިން ޖެހުމާ ދެކޮޅަށް އިދިކޮޅުން ދަނީ އިހްތިޖާޖު ކުރަމުންނެވެ. ސަރުކާރުން ބުނެފައި ވަނީ ކޯވިޑް ވެކްސިން ޖަހަން ފާށާނީ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.