ޕްރިންސިޕަލާއި ބައެއް މުވައްޒަފުން ޕޮޒިޓިވިނަމަވެސް ޖަމާލުއްދީން ސްކޫލުގެ އޮފީސް ބަންދުކޮށް ކިޔަވައިދެމުންދާކަމަށް އެތަނުގެ ބައެއް ބެލެނިވެރިންގެ ފަރާތުން މަޢުލޫމާތު ލިބިއްޖެއެވެ.
ބެލެނިވެރިއެއްގެ ފަރާތުން މަޢުލޫމާތު ލިބުނުގޮތުގައި ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިން ސިޕަލާއި އެޑްމިނިސްޓްރޭޓަރަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިކަން ކަށަވަރު ކޮށްލަން ޖަމާލުއް ދީން ސްކޫލުގެ ޕްރިންސިޕަލް ޙަސަން މުޙައްމަދަށް ގުޅާލުމުން ފޯނު ނުނަންގަވައެވެ. މެސެޖް ކުރުމުން ވެސް ޖަވާބެއް ނުދެއްވައެވެ.
މާލޭގައި ކޯވިޑް ކޭސްތައް އިތުރުވަމުންދާތީ ސްކޫލުތަކުގެ ކިޔެވުމާ ގުޅޭގޮތުން، އެޑިއުކޭޝަން މިނިސްޓްރީން ގެ ވިސްނުމަކީ ނުވަތަ އެޗްޕީއޭއިން އެޑިއުކޭޝަން މިނިސްޓްރީއަށް ވަކި ގޮތަކަށް ލަަފާ ދެއްވައިފައިވޭތޯ އޮޅުން ފިލުވާލުމަށް ކުރިމަސައްކަތް ވެސް އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓްރަކަށް ގުޅައިގެންވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.
ރާއްޖޭގައި ކޯވިޑް ކޭސްތައް އިތުރުވެ މިހާރު ޕޮޒިޓިވް ވާ ޢަދަދު އުޅެނީ 100 އިން މަތީގައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އިއްޔެވެސް 143 މީހަކު މުޅި ރާއްޖެއިން ޕޮޒިޓިވްވެފައިވާއިރު މާލޭ ސަރަޙައްދުން 112 މީހުން އަލަށް ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ކުރީ ދުވަހު މުޅި ރާއްޖެއިން 145 މީހުން އަަލަށް ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަޙައްދުުން 93 މީހުން ވަނީ ޕޮޒޮޓިވް ވެފައެވެ.
މާލެ ސަރަޙައްދުން ކޮވިޑް ކޭސްތަކާއި ކޮންޓެކްޓުން އިތުރުވަމުންދާތީ ޣިޔާސުއްދީނުން ވެސް މިއަދުން ފެށިގެން ގްރޭޑް 9 ން ދަށުގެ ގްރޭޑްތަަކަށް އަނެއްކާވެސް ވަނީ އޮންލައިންކޮށް ކިޔަވައިދޭން ފަށައިފައެވެ. ނަމަވެސް ގްރޭޑް ދިހައެއްގެ ދަރިވރުންނަށް ކިޔަވައިދިނުން ކުރިއަށް ގެންދާނީ ސްކޫލަށް ގެންގޮސްގެން ކަމަށް އެސްކޫލުން ވަނީ ބެލެނިވެރިންނަށް އަންގައިފައެެވެ.