މިސްކިތެއްގެ ތެރޭގައި ހުރި ޢުމުރުން ދުވަސްވީ ދިވެއްސަކާ، މާރާމާރީ ހިންގި އިންޑިއާމިހާ ޑީޕޯޓްކޮށްލުމަށް ނިންމެވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކަމަށް ފުލުުހުންގެ އިދާރާއިން ހާމަކުރައްވައިފިއެވެ.
ފުލުހުންގެ މީޑިއާ އިން ވިދާޅުވީ ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތަށް ގޮސް ހުރި އުމުރުން ދުވަސްވީ މީހަކާ މާރީމާރީ ހިންގި އިންޑިއާ މީހާގެ ތަޙުޤީޤު ނިމި މިދިޔަ ހަފްތާގައި ޕީޖީ އޮފީހަށް ފޮނުވައިފައިވާކަމަށެވެ. އަދި އެމީހާ ޑީޕޯޓްކޮށްލުމަށް ޕީޖީ އޮފީހުން ނިންމުމާ ގުޅިގެން އެމީހާ ވަނީ އިމިގްރޭޝަނާ ޙަވާލުު ކުރައްވައިފައިކަމަށެވެ. ބައެއް މީޑިއާ ތަކުން ވަނީ އެމީހާ މިހާރު ވަނީ ޑީޕޯޓްކޮށްލައިފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.
ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތަށް ގޮސް ހުރި އުމުރުން ދުވަސްވީދިވެއްސެއްގެ ގައިން ނުބައި ވަހެއް ދުވާތީ ކަމަށްބުނެ، އެމީހާ ގަދަކަމުން ބޭރަށް ނެރެންްއުޅެ އިންޑިއާ މިހާ މާރާމާރީ ހިންގާފައިވަނީ މިމަު 15 ގައެވެ. މަންޒަރު ދުށް ބައެއް ފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާ މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް ފުލުހުން މިފަދަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ދާދި ފަހުން ޖިނާއީ ތުޙުމަތު ކުރެވުނު އިންޑިއާގެ އިތުރު ދެމީހަކު ވެސް ވަނީ ދައުވާ ނުކޮށް ޑިޕޯރޓް ކޮށްލައިފައެވެ.