މަޖިލީހުގެ ޑިޖިޓަލް އާކައިވް، މަޖިލީސް ހުޅުވާދުވަހު އިފްތިތާޙުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ޑިޖިޓަލް އާކައިވް މަޖިލީސް ހުޅުވާދުވަހު ރަސްމީކޮށް އިފްތިތާޙުކުރަން ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ. 

 ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވާ ޖަލްސާ ބޭއްވުމަށް ހަމަޖައްސަވައުފައި ވަނީ އަންނަ މަހު ހަތަރެއްގައެވެ. މަޖިލީސް ހުޅުވާ ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމަށް ހަމަޖައްސަވައިފައިވާ ޖަލްސާއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޑައިރެކްޓަރ އޮފް މީޑިއާ ހަސަން ޒިޔާއު ވިދާޅުވީ  މަޖިލީހުގެ ޑިޖިޓަލް އާކައިވް ރަސްމީކޮށް އިފްތުތާޙުކޮށް ދެއްވާނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުކަމަށެވެ. ޑިޖިޓަލް އާކައިވްހުޅުވުމުގެ ރަސްމިޔާތު އޮންނާނީ މަޖިލީސް ހުޅުވުމިގެ ރަސްމިއްުޔާތަށްފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ. 

މަޖިލީހުގެ ޑިޖިޓަލް އާކައިވް ރައީސުލް ޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވާނީ މަޖިލީހުގެ ލައިބްރަރީ ހުޅުވުމަށްފަހުކަމަށް ވެސް ޒިޔާ ވިދާޅުވިއެވެ. މަޖިލީހުގެ ލައިބްރަރީ ހުޅުވުމުގެ ކުރިން މަޖިލީސް މެމް ބަރުންނަށް ޚާއްޞަ ކުރައްވައިފައިވާ "ވޯކިންސްޓޭޝަން" ތައްވެސް ރައީސް ބައްލަވަލާލަވާނެކަމަށް ޒިއާއު ވިދާޅުވިއެވެ. މެންބަރުންގެ މަސައްކަތަށް ޚާއްޞަ ސްޓޭޝަންތައް ޤާއިމްކޮށްފައިވަނި ރައްޔިތުންގެ މަޖިލީހުގެ އާއިމާރާތުގެ ދެވަނަ އަދި ތިންވަނަ ފަންގިފިލާގައެވެ. ލައިބްރަރީ ޤާއިމްކޮށްފައިވަނީ މަޖިލީހުގެ އިދާރާގެ އާ އިމާރާތުގެ އެގާރަވަނަ ފަންގި ފިލާގައެވެ. 

ޒިޔާ ވިދާޅުވީ މަޖިލީހުގެ ޑިޖިޓަލް އާކައިވް އިން ރާއްޖޭގެ ވަރަށް ކުރީގެ ތާރީހީ އަދި ޤާނޫނީ ލިޔެކިޔުންތައް ފެންނަން ހުންނާނެކަމަށެވެ. އޭގެތެރޭގައި ބައެއް ރަސްރަސްކަލުންގެ ފަތްކޮޅުތައްވެސް ހިމެނޭކަން ފާހަގަ ކުރެއްވިއެވެ، ޑިޖިޓަލް އާކައިވްގެ ލިންކް މަޖިލީހުގެ ރަސްމީ ވެބްސައިޓަށް ވެސް ލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.