ރައްްޔިތުންގެ މަޖިލީސް ޓިކްޓޮކްގައި!

ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ޓިކްޓޮކް އެކައުންޓެއް ޤާއިމްކޮށް ފިއެވެ. އެކަން މިއަދުވަނީ މަޖިލީހިުގެ އިދާރާއިން ރަސްމީކޮށް ހާމަކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޑައިރެކްޓަރ އޮފް މީޑިއާ ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހިުގެ ޓިކްޓޮކް އެކައުންޓެއް ޤާއިމުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ޒުވާނުން މަޖިލީހުގެ މަސައްކަތްތަކާމެދު ހޭލުން ތެރި ކުރުވުން ކަމަށެވެ. ޒުވާން އާބާދީގެ ބޮޑުބަޔަކި ޓިކްޓޮކް ޕެލްޓް ފޯމް ބޭނުންކުރަމުންދާ ބައެއްކަން ފާހަގަ ކުރައްވައި، ޒިޔާއު ވިދާޅުވީ ޒުވާނުންނަށް އަމާޒު ކުރާކަންކަން އެންމެ ފަސޭހައިން  އެޒުވާނުނަށް ފޯރުކޮށްދެވޭނެ ޕްލެޓް ފޯމަކީ މިހާރު ޓިކްޓޮކްކަމަށެވެ. ޓިކްޓޮކްގައި މަޖިލީސްވެސް އުޅޭނީ ޒުވާން އޯޑީއަންސްގުޅޭ ގޮތަށް ކަމަށް  ޒިޔާ ފާހަގަ ކުރެއްވިއެވެ. އެގޮތުން މަޖިލީހާމެދު ޒުވާނުން ހޭލުންތެރިކުރުމަށް ކުދިކުދި ވީޑިއޯ ކޮޅުތައް އަޕްލޯޑް ކުރަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އެނޫން ވެސް އާއްމުކޮށް ޓީވީ ޗެނަލްތަކުން ނުފެންނަ މަޖިލީހާ ގުޅޭ ކަންކަން ޓިކްޓޮކުން ފެންނާނެކަމަށް ޒިޔާއު ވިދާޅުވިއެވެ. 

"މިހާރު ޒުވާނުން ޓީވީބަލައި ރޭޑިއޯ އަޑުއަހަައެއް ނޫޅޭ، ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުގެ ތެރެއިންވެސް އެންމެ ގިނަ ޒުވާނުން ބޭނުންކުރާ އެއް ޕްލެޓް ފޯމަކީ ޓިކްޓޮކް، އެހެންކަމުން އެކުދިން ގާތުގައި ވަކި ޕްލެޓް ފޯމެއް ބޭނުންކުރާށޭ ބުނުމުގެ ބަދަލުގައި، އަޅުގަނޑުމެން (މަޖިލީސް) މިދިޔައީ އެޒުވާނުންނާ އެއް ޕްލެޓް ފޯމަކަށް." ޒިޔާއު ވިދާޅުވިއެވެ. 

ޒިޔާއު ވިދާޅުވީ ޓިކްޓޮކާ ދޭތެރޭގައި ކުރެވިފައި ވަރަށް ގޯސް ތަޞައްވަރެއް ކަމަށެވެ. ނަމަވެސް ޓިކްޓޮކަކީ ވެސް ޒުވާނުންނަށް ފައިދާހުރި ބޭނުންތެރި ޕްލެޓް ފޯމަކަށް މުއައްސަސާތަކުން މަސައްކަތް ކުރުމުން ހެދިދާނެ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ރަސްމީ ޓިކްޓޮޮކް އެކައުންޓް ޤާއިމުކުރެއްވިކަން ހާމަކުރެއްވި އިރު ވެސް ޓިކްޓޮކުން 600 އަށް ވުރެ ގިނަ މީހުން ރައްޔިތުންގެ   މަޖިލީސް "ފޮލޯ" ކުރެއެވެ. އަދި 400 އާ ގާތަށް "ލައިކްސް" ލިބިވައިވެއެވެ. 

ޓިކްޓޮކްގެ އިތުރުން  ސޯޝަލް މީޑިއާގެ ތަފާތު ޕްލެޓް ފޯމްތަކުގައި ރައްޔިތުންގެ މަޖިލީސް އުޅެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.