ވެރިކަންކުރާ ޕީޕީއެމްގެ ފަރާތުން "ތައްޔާރު" ގެ ނަމުގައި ބޮޑު ޖަލްސާއެއް މާދަމާރޭ ކާނިވާ ސަރަހައްދުގައި ބާއްވާއިރު ސަރުކާރު އޮފީސްތަކުގެ މުއައްޒަފުންނާއި ކުންފުނިތަކުގެ ވެރިން ޖަލްސާއަށް ދިޔުމަށް އަންގާނެ ކަމަށާއި ނަމަވެސް އެއީ އެ މުއައްޒަފުންނަށް ދޭ އިންޒާރެއް ނޫން ކަމަށް ޕީޕީއެމުން ބުނެފިއެވެ.
މާދަމާރޭގެ ޖަލްސާއާބެހޭ ގޮތުން މައުލޫމާތު ދިނުމަށް ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވީ މާދަމާރޭގެ ޖަލްސާއަށް ސަރުކާރު މުއައްޒަފުންގެ ތެރެއިން ނުދާ މީހުންނާމެދު ސުވާލު ކުރެވޭނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ޖަލްސާއަކަށް ސަރުކާރު މުއައްޒަފުން ދިޔުމަކީ ގޯހެއްނޫން ކަމަށެވެ. ނަމަވެސް ސަރުކާރު އޮފީސްތަކާއި ކުންފުނި ތަކުގެ ހުރިހާ މުއައްޒަފުން މާދަމާރޭގެ ޖަލްސާއަށް ދިޔުމަކީ މަޖުބޫރުކުރާ ކަމެއް ނޫން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
"ވަރަށް ސާފުކޮށް މި ދަންނަވަނީ، ކުންފުނިތަކުގެ މުވައްޒަފުންނަށް ދަންނަވާނަމޭ، ޖަލްސާއަށް ވަޑައިގެންދެއްވާށޭ، ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި ތިބި މެމްބަރުންނަށް ވެސް ދަންނަވާނަމޭ ވަޑައިގަންނަވާށޭ، ވަޑައިނުގެންފި ނަމަ ގެނެސްގެން ކީއްވެގެންތޯ ބަލާނަން،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މާދަމާރޭގެ ޖަލްސާ ކާނިވާ ސަރަހައްދުގައި ބާއްވަނީ ހައުސިންގ މިނިސްޓްރީން ހުއްދަ ހޯދައިގެން ކުލި ދައްކާ އުސޫލުން ކަމަށެވެ. ޕީޕީއެމުން ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި މީގެކުރިންވެސް ޖަލްސާތަކަށް ނާންނަ ސަރުކާރު މުއައްޒަފުން ވަޒީފާއިން ވަކިކޮށްފައިވެސް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާދަމާރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމްގެ އިސްފަރާތްތަކުން ބައިވެރިވާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
PPM baahvaa jalsaa ah gendhebala PPM memberun.. kihineh vegen tha thi ulhenee sarukaaraai sarukaaru kunfuni thakuge staffun gen dhan thi ulhenee.. hama boa ginakan .. . majboorun . .. . dhahkan dho