ރޯވި ސަފާރީ ބޭނުން ނުކުރެވޭ ވަރަށް އަނދައި އަޑިއަށް ހިގައްޖެ 

ހަމީހުންނާ އެކު ދަތުރު ކުރަނިކޮށް ރޭ އަލިފާން ރޯވި ސަފާރީ ބޭނުން ނުކުރެވޭ ވަރަށް އަނދައި އަޑިއަށް ހިގައްޖެ އެވެ.

އެމްއެންޑީއެފުން ވިދާޅުވީ ހުޅުމާލެއިން ހދ. ހަނިމާދުއަށް ދަތުރުކުރަމުންދިޔަ "ނައުޓިލަސް ވަން" ސަފާރީގައި އަލިފާން ރޯވެފައިވަނީ ކ. ކާށިދޫގެ ހުޅަގުން 13 ނޯޓިކަލް ބޭރުން ކަމަށެވެ.

މިޙާދިސާގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ. ސާފާރީގައި ތިބި މީހުން ވަނީ އެ ސަފާރީގެ ޑައިވިން ދޯނީގައި ސަލާމަތް ކޮށްފައެވެ. ސަފާރީގައި ތިބީ ފަސް ދިވެހިންނާއި ބިދޭސީއެއް ކަމަށްވެއެވެ. އެ އެންމެންނަކީ ވެސް އެ ސަފާރީގެ ފަޅުވެރިންނެވެ. އެމީހުން ގޮވައިގެން  ޑައިވިން ދޯނި ބ. ދަރަވަންދުއަށް ދަތުރުކުރަމުން ދާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. 

އެމްއެންޑީއެފް އިން ވިދާޅުވީ އެޙާދިސާ ރިޕޯރޓް ކޮށްފައިވަނީ  ރޭ  3:39 ހާއިރުކަމަށެވެ. ސަފާރީ އަޑިއަށް ގޮސްފައި ވަނީ އެ ސަރަހައްދަށް ގޮސް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު އިން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ހެނދުނު 6:44ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.