ދަތުރުގޮސް އުޅެނިކޮށް އަނބިމީހާއާއެކު ގެނބިގެން ފުލުހަކު މަރުވެއްޖެ

ގއ. ވިލިނގިލީ ކައިރީގައި އޮންނަ ފަޅު ރަށަކަށް އާއިލާއާއެކު ދަތުރުގޮސް މޫދަށް އެރި އުޅުމުގެ ތެރޭގައި ދެމަފިރިއަކު ގެނބިގެން، އޭގެތެރެއިން ފިރިމީހާ މަރުވެއްޖެއެވެ.

ވިލިނގިލިން މައުލޫމާތު ލިބިފައިވާ ގޮތުގައި ދެމަފިރިންވެސް ގެނބުނު މިހާދިސާގައި މަރުވީ އެރަށު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ހަނީފު ނަމަކަށް ކިޔާ ޒުވާން ފުލުހެކެވެ. އެމީހުން ދަތުރު ގޮސް އުޅުނީ ވިލިގިނލީ ކައިރީގައި އޮންނަ "ރާވަށްރެހާ" ކައިރިއަށް ކަމަށްވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެމަފިރިން ގެނބުނީ ބާރުގަދަ އޮއިގަނޑެއްގައި ދަމައިގަނެގެން ކަމަށްވެއެވެ. ނަމަވެސް ހަނީފުގެ އަންހެނުން ވަނީ ސަލާމަތް ވެފައެވެ. އޭނާއަށް ސިއްޙީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލި ނަމަވެސް މިހާދިސާގައި ޒުވާން ފިރިމީހާ މަރުވުމުން ނަފްސާނީ ގޮތުން މައްސަލަތަކެއް ދިމާވެފައިވާ ކަމަށްވެއެވެ.

އެނގިފައިވާ ގޮތުގައި މި ދެ ޒުވާނުން ކައިވެނި ކުރިތާ އަދި އަހަރެއްހާ ދުވަސްވެސް ނުވާ ކަމަށްވެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.