ކ. ހިންމަފުށީ ހުޅަނގު ދެކުނުގައި އޮތް ފިނޮޅަކަށް ގެއްލުން ދިން މައްސަލަ ފުލުހުންނާ ގުޅިގެން އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބަލަމުންދާކަމަށް އެ އިދާރާއިން ހާމަކުރައްވައިފި އެވެ. މިކަން ހާމަކޮށްފައިވަނީ އެއިދަރާއިން ކުރެއްވި ޓްވީޓެއްގައެވެ.
In association with @PoliceMv, we are currently attending a reported incident where a group of people have dug a narrow channel/trench on a small sandbank located to the west of Himmafushi. pic.twitter.com/nf0dvlTpdb
— EPA Maldives (@EPAMaldives) January 22, 2021
ހިންމަފުށި ކައިރީގައި އޮންނަ، އެރަށުގެ ރައްޔިތުން އާއްމުކޮށް ދަތުރު ގޮއްއުޅޭ ފިނޮޅެއްގައި ކޯރު ކަނޑައިގެން އެތަނަށް ގެއްލުން ދިނީ އެރަށާ ކައިރީގައި އޮންނަ ގިލިލަންކަންފުށި ރިސޯޓުގެ ބައެއް މުވައްޒަފުންނާއި އިސްވެރިންތަކެއްކަމަށް ވަނީ ތުޙުމަތު ކުރެވިފައެވެ. އެކަން ހުއްޓުވީ ހިންމަފުށީގެ ބައެއް ރައްޔިތުން އެ ފިނޮޅަށް ގޮސް ކަމަށް ބައެއް މީޑިއާ ތަކުން ވަނީ ރިޕޯރޓްކޮށްފައެވެ.