އެމެރިކާގެ އާ ރައީސު ޖޯ ބައިޑަންގެ ވެރިކަމުގެ ފުރަަތަމަ ދުވަހު ސޮއިކުރެއްވި ރިޔާސީ ގަަރާރަކުން އެމެރިކާ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އާ އަލުން ގުޅެން ނިންމައިފިއެވެ.
މިކަން ހާމަކުރަމުން ވައިޓް ހައުސްއިން ބުނެފައި ވަނީ އެމެެރިކާއިން ޑަބްލިޔުއެޗްއޯ ދެމުން އަައި އެހީ އަނެއްކާވެސް ގަވާއިދުން ދޭން ފަށާނެ ކަމުގައެވެ.
ވަބާ ކޮންޓްރޯލްކުރުމާ ގުޅޭތޮން ރައީސު ބައިޑަންއަށް ލަފާއަރުވާ އެޑްވައިޒަރު ޑރ. އެންތަނީ ފައުޗީ ވަނީ އެމެރިކާ އަލުން ޑަބްލިޔުއެޗްއާ ގުޅުންކަން ހާމަކުރައްވާފައެެވެ.
"ޑަބްލިޔުއެޗްއޯގެ މެންބަރެއްގެ ގޮތުގައި އެމެރިކާ އޮންނާނެކަން މިއަދު އިއުލާންކުރުމަކީ އަަހަރެންނަށް ލިބޭ ޝަަރަފެއް." ޑަބްލިޔުއެޗްއޯއިން ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ފައުޗީ ވިދާޅުވިއެެވެ. އޭރު ވޮޝިންޓަން ގަޑިން ބުރާސްފަތި ދުވަހު ފަތިހު 4:30 (ރާއްޖޭ ގަޑިން ބުރާސްފަތި ދުވަހު މެންދުރު ފަހު 2:30) ވީއެވެ. އަދި އެމެރިކާގެ ބަވާތައް ކޮންޓްރޯލްކުރުމާ ބެހޭ އިސް އޮފިޝަލު އާއްމުކޮށް ދެއްވާ ފުރަަތަމަ ބަޔާން ޑަބްލިޔުއެޗްއޯއަށް ދެއްވުމުން ބައިޑަންގެ ސަރުކާރުން އެ ޖަމްއިއްޔާއަށް ދޭ އަހައްމިއްޔަތު ހާމަވެގެން ދެއެވެ.
"އެންމެ ދަތި އުނދަގޫ ހާލަތުގެ ތެރޭގައި މި ޖަމްއިއްޔާއިން ވަނީ ވެކްސިނެއް ހޯދުމާއި، ބަލި ދެނެގަތުމާއި، ފަރުވާ ދިނުމުގައި ސައިންސުގެ ހޯދުންތަކާއި، ސައިންސުގެ އުފެއްދުންތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީވުމުގައި ކުރިއަށް ގޮސްފައި،" ފައުޗީ ވިދާޅުވިއެވެ. އޭނާ ވަނީ އެމެރިކާއިން ޑަބްލިޔުއެޗްއޯއަށް ދޭ ފައިސާ ދޭން ފަށާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.
އަނެއްކޮޅުން ރައީސް ބައިޑަން ވަނީ ކޮވިޑް-19 އާއި ދެކޮަޅަށް މަސަައްކަތްކުރުމަށް ބޮޑު ޕްލޭނެއް ތައްޔާރުުކުރައްވައި 'ހަނގުރާމައިގެ ހާލަތު' އިއުލާންކުރައްވާފައެވެ. ކޮވިޑް-19 އިން އަރައިގަތުންމަށް 1.9 ޓްރިލިއަން (1900 ބިިލިއަން) ޑޮަލަރުގެ ޕެކޭޖެއް ކޮންގްރެސްއަށް ހުށަހަޅަން ނިންމާފައިވާއިރު، ބައިޑަންގެ ސަރުކާރުން ވަނީ 100 ދުވަހުގެ ތެރޭގައި 100 މިލިއަން މީހުންނަށް ވެކްސިން ޖެހުމަށްވެސް ނިންމާފައެވެ.
ޑަބްލިޔުއެޗްއޯއިން ވަކިވުމަކީ އެމެރިކާ އަމިއްލައަށް ހުރިހާ ކަމެއް ކުރާ، 'ފުރަތަމަ އެމެރިކާ' ސިޔާސަތުގެ ދަށުން ކުރީގެ ރައީސު ޓްރަމްޕްކުރެއްވި ކަމެކެވެ. އެކަމުން، ޑަބްލިޔުއެޗްއޯއަށް ކުރި އަސަރު ބޮޑެވެ. ބޮޑު ބަވާއަކާ ހަނގުރާމަކުރަމުން ދިޔަ ދަނޑިވަޅެއްގައި އެ ޖަމްއިއްޔާއަށް އެެންމެ ގިނަ ފައިސާ ދޭ ގައުމު ވަކިވުމުން ޑަބްލިޔުއެޗްއޯގެ ޕްރޮގްރާމްތަކަށް ފައިސާގެ ދަތިކަން ކުރިމަތިވިއެެެވެ. އެ ޖަމްއިއްޔާގެ ބަޖެޓުގެ %15 ދެމުން އައީ އެމެރިކާއިންނެެވެ.
މީގެ އިތުރަށް ރައިސު ޓްރަމްޕް ވަނީ ޑަބްލިޔުއެޗްއޯގައި މަސައްކަތްކުރަމުން ދިޔަ އެމެރިކާ މުވައްޒަަފުން ވެސް އަނބުރާ ގެންދަވާާފައެވެ.
"މިއީ ޑަބްލިޔުއެޗްއޯއަަށް ރަނގަޅު ދުވަހެއް. ދުނިޔޭގެ ސިއްހަތަށް ރަނގަޅު ދުވަހެއް." ފައުޗީގެ ވާހަކަފުޅުގެ ޖަވާބުގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް ވިދާޅުވިއެވެ.