އާއިލާއިން ތުހުމަތު ކުރަނީ ގެއްލުނު އަންހެންު ކުއްޖާ ބުލެކް މެއިލްކޮށްގެން ގެންގުޅޭކަމަށް

ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކުރި ޢުމުރުން 21  އަހަރުގެ އަންހެން ކުއްޖާ ގެއްލުނީ ނޫންކަމަށާއި، އޭނާ އަމިއްލައަށް ގެއިން ނުކުތީ ކަމަށް ފުލުހުން ބުނެފައި ވީނަމަވެސް އާއިލާއިން ތުހުމަތު ކުރަނީ ފިރިހެނަކު، އެ އަންހެންކުއްޖާ ބަލެކް މެއިލްކޮށްގެން ގެންގުޅޭކަމަށެވެ. 

އާއިލާގެ ފަރާތުން އެކުއްޖާގެ މަންމަ އާފަތިހާ ވާހަކަ ދައްކަމުން ބުނީ ކުއްޖާއާބެހޭގޮތުން ސޯޝަލް މީޑިއާގައި ފުރަތަމަ އެކުއްޖާ ގެއްލިގެން އުޅޭވާހަކަ ދައްކަމުން ދަނީ ވެސް ކުއްޖާ ބްލެކްމެއިލް ކުރިކަމަށް ތުހުމަތު ކުރެވޭ މީހާކަމަށެވެ. އިއްޔެ ހެދުނުން ފެށިގެން ކުއްޖާ ނުފެންނަކަމަށް ކުއްޖާގެ މަންމަ ބުންޏެވެ. ކުއްޖާ ބުލެކްމެއިލް ކޮށްގެން އުޅޭކަމަށް ތުހުމަތު ކުރެވޭ މީހަކީ ތަފާތު ކުށްކުށަށް ވެސް ތުހުމަތު ކުރެވޭމީހެއްކަމަށް ކުއްޖާގެ މަންމަ ބުންޏެވެ. އަންހެންކުއްޖާ އައި އޭނާ ކައިވެންޏަށް ތައްޔާރުވަމުން ކަމަށާއި ކުއްޖާ ބުލެކްމެއިލް ކޮށްގެންއުޅޭ މީހަކީ އެކުއްޖާ ލޯބީގެ ގޮތުން ގުޅިގެން އަދި ކައިވެންޏަށް ތައްޔާރުވަމުން އައި މީހާ ނޫންކަމަށް އަންހެން ކުއްޖާގެ މަންމަ ކިޔައި ދިނެވެ. އެމީހާއަކީ ކާކުކަމާ އޭނާ ދިރިއުޅޭތަންވެސް ފުލުހުންނަށް ރިޕޯރޓްކޮށްފައިވާނެކަމަށް ކުއްޖާގެ މަންމަ ބުންޏެވެ. 

ފުލުހުން ވިދާޅުވީ 21 އަހަރުގެ އަންހެނެއް ގެއްލިފައިވާކަމަށް ބުނެ ރޭ 08:30 ހާއިރު އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް ބެލި ބެލުމުން އޭނާ ގެއްލިފައިނުވާ ކަން އިނގޭ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އާއިލާއާއި މެދު ހުރި ހިތްހަމަ ނުޖެހުންތަކާއި ގުޅިގެން އަމިއްލަޔަށް އެ އަންހެން ކުއްޖާ ގެއިން ނިކުމެގެން ގޮސްފައިވާކަން އެނގިފައިވާކަމަށްވެސް ފުލުހުން ވިދާޅުވި އެވެ. މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާނެ ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.