ޣާޒީ ސްކޫލުގެ ޓީޗަރަކާއި ޖޭއެސްގެ ދަރިވަރަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

ޖަމާލުއްދީން ސްކޫލުގެ ގްރޭޑް ނުވައެއްގެ ދަރިވަރަކާއި ގާޒީ ސްކޫލުގެ ޓީޗަރަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ގާޒީ ސްކޫލުގެ ޓީޗަރާއި ސްކޫލުން ދިމާވި 12 ކޮންޓެކްޓަކު މިހާތަނަށް ފާހަގަކުރެވިފައިވާ ކަަމަށް އެޗްއީއޯސީއިން މައުލޫމާތު ދެއެވެ. މި ބާރަ ކޮންޓެކްޓުންނަކީ ވެސް ޓިޗަރުންނެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަދ ނުނިމެއެވެ.

ޖަމާލުއްދީން ސްކޫލުން ޕޮޒިޓިވް ވި ދަރިވަރުގެ ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް ހަތަރު ކުއްޖަކު ވަނީ ފާހަގަކުރެވިފައެވެ. މި ކޭސް އާ ގުޅިގެން ވެސް ކޮންޓެކްޓ ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ. 

މި ދެ ކޭސް ވެސް ރިޕޯޓުކޮށްފައިވަނީ މިއަދު އެވެ. މީގެ އިތުރަަށް ބިލަބޮންގ ހައި ސްކޫލުގެ ހަތަރު ދަރިވަރަކަށް ކޯވިޑް ޖެހފައިވެއެވެ. އެހެންނަމަވެސް ޓްރޭސިން މުއްދަތުގެ ތެރޭގައި އެދަރިވަރުން ސްކޫލަށް ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން ސްކޫލުގެ މުއައްޒަފަކުވެސް ދަރިވަރަކުވެސް ކަރަންޓީނުކޮށްފައެއް ނުވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.