ދޮންބަންޑާރައިންގެ ގުރުބާނީގެ ހަނދާން އައުކޮށް، ގައުމީ ރޫހު ދިރުވާ އާލާކުރުން މުހިއްމު: ރައީސް ޞާލިޙް

ދޮންބަންޑާރައިންގެ ގުރުބާނީގެ ހަނދާން އައުކޮށް، ގައުމީ ރޫހު ދިރުވާ އާލާކުރުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ހުރަވީ ދުވަހާ ގުޅިގެން  ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި، ދުވަހުގެ ހެޔޮއެދުންތައް ދިވެހިރައްޔިތުންނަށް ވަނީ ވިދާޅުވެފައެވެ. 

"މި ދުވަސް ފާހަގަކުރާއިރު ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރައްވައި ދޮންބަނޑާރއިން ދިވެހި ގައުމަށްޓަކައި ވެވަޑައިގެންނެވި ގުރުބާނީގެ ހަނދާން އައުކޮށް، ގައުމީ ރޫހު ދިރުވާ އާލާކުރުން މުހިއްމު." ރައީސް ޞާލިޙްގެ ޓްވީޓްގައި ވިދާޅުވިއެވެ. 

ހުރަވީ ދުވަސް ނިސްބަތްވަނީ ހޮޅިންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރެއްވި އައްސުލްތާނު ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) ނަށެވެ. ހުރަވީ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފެށީ 1980 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަމުގައެވެ. އެއީ ހިޖުރައިިން 1400 ވަނަ އަހަރުއެވެ. ހޮޅިންގެ  އަޅުވެތިކަމުން ދިވެހި ގައުމު ސަލާމަތްވީ  3  ޖުމާދަލްއާޚިރު 1166 ވިލޭރެއެވެ. އެހެން ކަމުން ހޮޅިންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްވިތާ މިވަނީ  276  އަހަރު ވެފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.