ދެއްވަދޫ ކްލަސްޓަރ އާ ގުޅިގެން ދާންދުއާއި ވިލިނގިލިވެސް މޮނިޓަރިންގއަށް

މިދިޔަ ޑިސެމްބަރު މަހުގެ 23ވަނަ ދުވަހު ގއ.ދެއްވަދޫން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއެކު އެރަށުން އުފެދިފައިވާ ކޮވިޑް ކްލަސްޓަރ އާ ގުޅިގެން އެއަތޮޅު ވިލިނގިއްޔާއި ދާންދޫވެސް މޮނިޓަރިންގއަށް ލައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ހާމަކުރައްވާގޮތުގައި  ވިލިނގިއްޔާއި ދާންދޫ މޮނިޓަރިންގއަށް ލާފައިވަނީ ދެއްވަދޫ ކްލަސްޓަރއާ ގުޅުންހުރި ބަޔަކު ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. މިދެރަށުގެތެރެއިން ދާންދޫއިން 2 މީހަކު، ވިލިނގިލިން މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާކަމަށް އެސެންޓަރުން ހާމަކުރައްވައެވެ.  މިއާ ގުޅިގެން މިދެރަށުން ޕޮޒިޓިވްވި މީހުންނާ ސީދާ ދިމާވެފައިވާ މީހުން ނުވަތަ އެއްތާވި މީހުން ހޯދުމުގެ މަސައްކަތް އެޗްއީއޯސީން ދަނީ ކުރައްވަމުންނެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅުންހުރި ބައެއް މީހުން ހުޅުމާލެއާއިންނާއި ހައްދުންމަތީ  ގަމާއި ފޮނަދޫންވެސް ފެނިފައިވެއެވެ.  ގަމާއި ފޮނަދޫ އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. މި ކްލަސްޓަރ އިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިހާރުވަނީ 30އަށްވުރެ މައްޗަށް އަރާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.