އޮމާނުގައި ފުރަތަމަ ފަހަަރަށް ވަލީއަހުދަކު އައްޔަންކުރަނީ

އޮމާންގެ ފުރަތަމަ ވަލީއަހުދަށް ވެވަޑައިގަންވާ ޛީޔަޒަން ބިން ހައިޘަމް ބިން ޠާރިޤު އާލްސައީދް

ގަލްފުގެ އަރަބި ގައުމެއް ކަމުގައިވާ އޮމާން (ޢުމާން) ގައި ރަސްކަން ވާރުތަވާ ގޮތުގެ އުސޫލެއް ކަނޑައަޅައި، ފުރަތަމަ ފަހަރަށް ވަލީއަހުދަކު އައްޔަންކިުރަން ނިންމައިފިއެވެ..

އޮމާންގައި ރަސްކަން ވާރުތަވާ ގޮތުގެ އުސޫލެއް ކުރިން ކަނޑައެޅިފައި ނެތެެވެ. އެހެންކަމުން، ރަސްގެފާނު ހައިޘަމް ބިން ޠާރިޤު އާލްސަޢީދުގެ ރަސްކަަމަށް އެއް އަހަރު ފުރުނު ދުވަހު އޭނާ މިވަނީ ޝާހީ އަމުރަކުން 'ދައުލަތް ހިންގުމުގެ އަސާސީ ނިޒާމު' ޝާއިއުކުރައްވައި ރަސްކަން ވާރުތަވުމުގެ އާ އުސޫލަށް އަމަލުކުރަން ނިންމަވާފައެވެ. އެ ނިޒާމުގައި ވާގޮތުން އޮމާންގައި ރަސްކަން ވާރުތަވާނީ ރަސްގެފާނުގެ އެެންމެ ދޮށީ ދަލިކަލުންނަށެވެ.

އެހެންކަމުން އޮމާންގެ ފުރަތަމަ ވަލީއަހުދަކަށް ވެވަޑައިގަންވަނީ ރަސްގެފާނު ހައިޘަމްގެ ދޮށީ ދަރިކަލުން ޛީޔަޒަން ބިން ހައިޘަމް ބިން ޠާރިޤު އާލްސައީދެވެ. 1990 ވަނަ އަހަރު އުފަންވެވަޑައިގަތް ޛީޔަޒަން ހުންނެވީ މިނިސްޓަރ އޮފް ކަލްޗާ، ސްޕޯޓްސް އެންޑް ޔޫތުގެ މަަގާމުގައެވެ. އޭނާއަކީ އޮމާންގެ އެންމެ ޒުވާން ވަޒީރެވެ.

އޮމާންެގެ މިިޒަމާނުގެ ދައުލަތުގެ ބާނީ ޤާބޫސް ބިން ސަޢީދު، 50 އަހަރުގެ ދިގު ރަސްކަމަކަށް ފަހު 2020 ވަނަ އަހަރު ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު އަވަހާރަވީ އިރު ވަނީ ވަލީއަހުދު ކަނޑައަޅުއްވާފައި ސިޓީ އުރައެެއްގައި ބަންދުކުރައްވާފައެވެ. އޭނާ އަަވަހާރަވުުން ކަނޑައިި ބަލާގޮތަށެވެ.

މައިގަނޑު ގޮތެއްގައި ތެޔޮ އުފެއްދުމުގެ މައްޗަށް އޮމާނުގެ އިގުތިސާދު ބިނާވެފައި އޮތް އިރު، ފަތުރުވެރިކަންވެސް ދަނީ ކުރިއަރަމުންނެެވެ. މެދު ފަންތީގެ އާމްދަނީ ލިބޭ އޮމާންގެ ރައްޔިތުންނަކީ މުސްލިމުންނެވެ. މުސްލިމުން ނޫން %15 މީހުން އެ ގައުމުގައި އުޅޭއިރު އެ އެންމެންނަކީވެސް ބިދޭސީ މަސައްކަތްތެރީންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.