ލަންކާގައި އުޅޭ ދިވެހިން ބެޑްމިންޓަންގެ އާ ކުލަބެއް އުފައްދައިފި

ސްރީލަންކާގައި ދިރިއުޅެމުން އަންނަ ދިވެހިންގެ ބަޔަކު އިސްނަގައިގެން މުޅިން އަލަށް އުފެއްދި ޝަޓްލް މާސްޓާސް ބެޑްމިންޓަން ކުލަބު  އިފްތިތާޙު ކޮށްފިއެވެ.

ސްރީލަންކާގައި ހުންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) ގައި ބޭއްވި ރަސްމިއްޔާތެއްގައި ޝަޓްލް މާސްޓާސް ބެޑްމިންޓަން ކުލަބު ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ އެމްއީސީސީގެ ޑިރެކްޓަރ މަރިޔަމް ޒާހިރެވެ. ރަސްމިއްޔާތުގައި ވަނީ އެ ކުލަބުގެ ލޯގޯ އާއި ޖާޒީވެސް އިފްތިތާޙުކޮށްފައެވެ.

މިރަސްމިއްޔާތުގައި ސްރީލަންކާގެ ވެސްޓަންޕްރޮވިންސްގެ ބެޑްމިންޓަން އެސޯސިއޭޝަނުގެ ވެރިންނާއި، ސްރީލަންކާގައި ދިރިއުޅެމުން އަންނަ ގިނައަދަދެއްގެ ދިވެހިންވެސް ބައިވެރިވިއެވެ.

ލަންކާގައި އުޅޭ ދިވެހިން ހިންގާ ބެޑްމިންޓަން އެހެން ކުލަބެއް ވެސް އޮވެއެވެ. އެއީ ދި ލަންކާ ބެޑްމިންޓަން ގްރޫޕެވެ. އެ ކުލަބު އުފެދުނުތާ މިހާރު 10 އަހަރު ވެއްޖެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.