ސީއައިއޭގެ ޑިރެކްޓަރަކަށް ވިލިއަމް ބާންސް އައްޔަންކުރައްވަން ޖޯ ބައިޑަން ނިންމަަވައިފި

ވިލިއަމް ބާންސް

އެމެރިކާގެ ޖާސޫސީ އިދާރާ، ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) ޑިރެކްޓަރަކަށް ތަޖުުރިބާކާރު ޑިޕްލޮމޭޓަކު އައްޔަންކުރައްވަން މުންތަޚަބު ރައީސު ޖޯ ބައިޑަން ނިންމަވައިފިއެެވެ. މި މަގާމަށް އައްޔަންކުރުމަށް ބައިޑަން ހޮއްވަވާފައި ވަނީ ކުރީގެ ޑެޕިއުޓި ސެކްރެޓަރީ އޮފް ސްްޓޭޓް (ޚާރިޖީ ވަޒީރުގެ ނާއިބު) ވިލިއަމް ބާންސްގައެވެ.

ބާންސްއަކީ ޑިމޮކްރެޓިކް އަދި ރިޕަބްލިކަން ރައީސުންނާއެކު މަސައްްކަތްކުރައްވާފައިވާ ބާންސް ވަނީ 33 އަހަރު ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތްކުރައްވާފައެވެ.

އުމުރުފުޅުން 64 އަަހަރުގެ ބާންސް ވަނީ ސްޓޭޓް ޑިޕާޓްމަންޓްެގެ ތަފާތު މަގާމުތައް ފުރުއްވުމުގެ އިތުރަށް، އެމެރިކާއިން ރަޝިޔާ ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި، ޖޯޑަން (އުރްދުން) އަށް ކަނޑައަަޅާފައި ހުންނަވާ ސަފީރުކަންވެސް ކުރައްވާފައެވެ.

"ބިލް (ވިލިއަމް) ބާންސްއަކީ އަހަރުމެންގެ ގައުމާއި އަހަރުމެންގެ ރައްޔިތުން ރައްކާތެރިކޮށް ބޭތިއްބުމުގެ ދުނިޔޭގެ މަސްރަހުގައި އެތައް އަހަރަކު މަސައަކަތްކުރައްވާފައިވާ ނަމޫނާ ތަޖުރިބާކާރެއް." ބައިޑަން ނެރުއްވި ބަޔާނެއްގައި ވެއެވެ.

ރައީސު އޮބާމާގެ ދައުރުގައި 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ޑެޕިއުޓީ ސެކްރެޓަރީކަމުގެ މަގާމުގައި ހުންނެވި ބާންސް އެ މަގާމު ދޫކުރެއްވީ ބައިނަލްއަގުވާމީ މައްސަލަަތައް ދިރާސާކުރާ ތިންކްޓޭންކް ކާނަގީ އެންޑޯމަންޓް ފޯ އިންޓަނޭޝަނަލް ޕީސްގެ ރައީސުކަމާ ހަވާލުވެވަޑައިގަތުމަށެވެ. އެހެންކަމުން ގިނަ ބަޔަކު ހީކޮށްެގެން ތިބީ ޖޯ ބައިޑަން އޭނާ އައްޔަންކުރައްވާނީ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް ކަމުގައެެވެ.

އަހަރު ދުނިޔޭގެ ނިއުކުލިޔާ ބާރުތަކުން އިރާނާއެކު 2015 ވަނަ އަހަރު ސޮއިކުރި އެއްބަވުމާގުޅޭ ގޮތުން ފަރުދާގެ ފުރަގަހުގައި ކުރިއަށް ދިޔަ މަޝްވަރާތަކުގައި އިސްކޮށް ހުންނެވީ ބާންސްއެވެ.

"ނުރައްކާތައް އަހަރުމެންގެ އައްސޭރިއާ ހައަމަށް އައުމުގެ ކުރިން އެއާ ކުރިމަތިލައި ހުއްޓުވުމަށް ބޭނުންވާ އިލްމާއި، ވިސްނުމާއި، ތަސައްވަރު އެންބެސެޑަރ ބާންސް (އެދާއިރާއަށް) ގެންނަވާނެ." ބާންސްއަށް ތައުރީފުކުރައްވަމުން މުންތަޚަބު ރައީސު ޖޯ ބައިޑަން ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.