އަނެއްކާވެސް ރިސޯޓެއްގެ 20 މުވައްޒަފުން ކޮވިޑް-19އަށް ޕޮޒިޓިވް

އަނެއްކާވެސް ރިސޯޓެއްގެ 20 މުވައްޒަފުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން މަޢުލޫމާތުދެއްވި ގޮތުގައި މިއަދު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި 50 މީހުންގެ ތެރެއިން 20 މީހުންނަކީ ރިސޯޓެއްގެ މުވައްޒަފުންނެވެ. އެއީ  ސަން ސިޔާމް އޮޅުވެލި ރިސޯޓުގެ 20 މުވައްޒަފުންނެވެ.  އެރިސޯޓުން މީހެއްގެ ކޮވިޑް އިތުރު ޓެސްޓެއް ހަދާފައިވަނީ 3 މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި، އެމީހުންގެ  ކޮންޓެންޓެއް ފަހުން ޕޮޒިޓިވުމުންކަމަށްވެސް އެޗްއީއޯސީން މަޢުލޫމާތުދެއްވައެވެ.

މިއާއެކު ސަން ސިޔާމް އޮޅުވެލި ރިސޯޓުން މިހަަތަނަށް 24 މީހަކުވަނީ ކޮވިޑް-19އަށް ޕޮޒިޓިވެފައެވެ. އެރިސޯޓުން ޖުމުލަ 167 ރެންޑަމް ސާމްޕަލް ނަގާފައިވާއިރު، އެއިން 20 މީހުން މިވަނީ ޕޮޒިޓިވްވެފައެވެ. އަދ ި 23 ސާމްޕަލެއްގެ ނަތީޖާ ނުލިބެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.