ޖިންސީ އަނިޔާގެ މައްސަލަތަކަށް އިންސާފު ހޯދަން ގޮވާލައި އިހުތިޖާޖު ކޮށްފި

ރޭޕުކުރުމާއި ޖިންސީ މައްސަލަތަކަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ޖެންޑާ މިނިސްޓްރީ ދޮށުގައު އިހުތިޖާޖު ކޮށްފިއެވެ.

މީޑިއާއަށް މަޢުލޫމާތުދެއްވަމުން އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވަނީ ރޭޕުކުރުމާއި ޖިންސީ މައްސަލަތަކަށް އިންސާފު ނުލިބި އެތައް ބައެއްގެ ޝަކުވާއާއި ކަންބޮޑުވުން އިތުރުވެފައިވާ މައްސާލާގައި ޖެންޑަރ މިނިސްޓަރާ ބައްދަލުކުރުމަށް މިދިޔަ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު އެކޯލިޝަނުން ސިޓީއެއް ފޮނުއްވާފައިވާނެކަމަށެވެ. އަދި މިހާތަނަށްވެސް އެއަށް ވަކި ޖަވާބެއް ލިބިފައި ނުވާކަމަށެވެ.

މިއަދު ޖެންޑަރ މިނިސްޓްރީގެ ކުރތިމަތީގައި އިދިކޮޅު ފަރާތްތަކުން އަޑުއުފުލަން ފެށުމުން ފުލުހުންވަނީ އެސަރަޙައްދަށް އެއްވި މީހުން ފޮނުވާލުމުގެ މަސައްކަތްކޮށްފައެވެ. އިދިކޮޅު ކޯލިޝަނުން ބުނީ ސުލްޙަވެރިކަމާއެކު ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން 5 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މިކަމާ ގުޅިގެން ޖެންޑަރ މިނިސްޓްރީގެ ޑައިރެކްޓަރ ކޮމިއުނިކޭޝަން، އިބްރާހީމް މުޙައްމަދު މީޑިއާއަށް ވިދާޅުވެފައިވަނީ "ކޮވިޑް-19ގެ މުއްދަތުގައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ޖެންޑަރ މިނިސްޓަރާ ބައްދަލުކުރުމަށް އެދި 19 އޮކްޓޫބަރު 2020ގައި ސިޓީއެއް ފޮނުވާފައިވާކަމަށެވެ. އެސިޓީ އެމިނިސްޓްރީއަށް ލިބިފައިވަނީ 20 އޮކްޓޫބަރު 2020ގައިކަމަށާ، އެ މުއްދަތުގެ ތެރޭގައި މިނިސްޓަރ ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާތީ، ފަހުގެ ތަރީޚެއްގައި ޕީޕީއެމްއާ މުޢާމަލާތު ކުރާނެ ވާހަކަ 22 އޮކްޓޫބަރު 2020ގައި އީމެއިލް މެދުވެރިކޮށް އެޕާޓީއަށް އަންގާފައިވާނެކަމަށެވެ. އަދި ޕީޕީއެމްގެ ސިޓީއާ ގުޅިގެން ކުރަންޖެހޭ ކަންކަން މިނިސްޓްރީން ފުރިހަމަކުރައްވާނެކަމަށާ، އަދި އެޕާޓީގެ ބޭފުޅުންނާ މިނިސްޓަރު ބައްދަލުކުރައްވާނެކަމަށްވެސް އިބްރާހީމް ވިދާޅުވެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.