ބިޔާދޫ އައިލެންޑް ރިސޯޓުންގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ކޮވިޑް-19އަށް ޕޮޒިޓިވްވެ އުފެދިފައިވާ ކްލަސްޓަރގެ ޢަދަދު ޖުމުލަ 53އަށް އަރައިފިއެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީއޯ.ސީ)އިން ވިދާޅުވީ މިރޭ އަލަށް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 3 މީހުންނަކީ އެރިސޯޓުން ޕޮޒިޓިވްވި ބައެއްކަމަށެވެ. އެހެންކަމުން އެރިސޯޓުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 53އަށް އަރާފައެވެ.
ބިޔާދޫ އައިލެންޑް ރިސޯޓުން އެންމެފުރަތަމަ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ އެރިސޯޓުގެ މުވައްޒަފެކެވެ. އޭނާ ކޯވިޑް-19އަށް ޕޮޒިޓިވްކަން އެނގުނީ އެބަލީގެ ޢަލާމާތްތައް އޭނާގެ ހަށިގަނޑުން ފެނިގެން މާލެއައިސް ޓެސްޓުހެދުމުންނެވެ.