އިންޑޮނޭޝިޔާގެ ފްލައިޓެއް ގެއްލިއްޖެ، ލަފާކުރެވެނީ ކަނޑަށް ވެއްޓުނީ ކަމަށް

އިންޑޮނޭޝިޔާގެ ބަޖެޓް އެއާލައިން، ސްރިވިޖާޔާ އެއާގެ މަތިންދާބޯޓެއް ޖަކާޓާ އެއާޕޯޓުން ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ބޯޓާ ގުޅުންކެނޑިއްޖެއެވެ.

ބޯނިއޯ ޖަޒީރާގައި އޮންނަ ކަލިމަންތާން ޕްރޮވިންސުގެ ޕޮންޓިއަނަކްއަށް ދާން 56 ފަސިންޖަރުންނާ 6 ފަޅުވެރިންނާއެކު ފުރި ފްލައިޓް އެސްޖޭ-182 އަކީ ބޮއިން 500-737 މަރުކާގެ މަތިންދާބޯޓެކެވެ. ޚަބަރުތައް ބުނާ ގޮތުގައި އެ ބޯޓާ ކޮންޓްރޯލް ޓަވަރާ ގުޅުން ކެނޑިފައި ވަނީ މެންދުރު ފަހު 2:40 (ރާއްޖޭ ގަޑިން މެންދުރު 12:40) ހާއިރުއެވެ.

"ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީއާއި ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ކޮމިޓީ ގުޅުން އެކަން ބަލަމުން މިދަނީ." ޓްރާންސްޕޯޓް މިނިސްޓްރީގެ ތަރުޖަމާނު އަދީތާ އިރަވަތީ މައުލޫމާތު ދިނެވެ.

ޖަކަޓާ-ޕޮންޓިއަނަކް އެސްޖޭ-182 ފްލައިޓާ ބެހޭ ތަފްސީލީ މައުލުމާތު ހޯދުމަށް ކަމާބެހޭ ތަފާތު ފަރާތްތަކާ ގުޅަމުން މިދަނީ." ސްރިވިޖިޔާ އެއާއިން ނެރުނު ބަޔާނެއްގައި ވެއެވެ.

"މެނޭޖްމަންޓުން ދަނީ އެފަރާތްތަކާ ގުޅަމުން، އަދި ތަހުގީގުކުރަމުން. އަދި އިތުރު މައުލޫމާތު ލިބުނުހާ އަވަހަކަށް އިތުރު ބަޔާނެއް ނެރޭނަން." އެއާލައިނުގެ ބަޔާނުގައި ވެއެވެ.

ފްލައިޓާ ކޮންޓްރޯލް ޓަވަރާ ގުޅުން ކެނޑުނީ ޖާވާ ކަނޑުގެ މަތިން ދަތުރުކުރަމުން ދަނިކޮށެވެ. އާއްމުންގެ ބަޔަކު އެ ސަރަހައްދުން ނަގާފައިވާ، އެ މަތިންދާބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ ބައެއް ތަކެތީގެ ފޮޓޯ މީސްމީޑިޔާގައި ދައުރުވަމުން އެބަދެއެވެ. އެހެނަމަވެސް، އެއީ އެ ބޯޓުގެ ބައިތައްކަން އަދި ކަށަވަރު ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.