ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވުމަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލައި އިންތިޚާބު ބޭއްވުމަށް މަގުފަހިކުރުމަށް ކައުންސިލް އިންތިޚާބާބެހޭ ޚާއްސަ ޤާނޫނަށް އިޞްލާޙު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު ޢަލީ ނިޔާޒުވަނީ މި އިސްލާޙު ހުށަހަޅުއްވާފައިވާކަން ހާމަކުރައްވައި ޓްވީޓްކުރައްވާފައެވެ. ޢަލީ ނިޔާޒު ވިދާޅުވެފައިވަނީ މިއިޞްލާޙަކީ މިހާރު ރާއްޖޭގައި އޮތަް ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާނުލައި މިހާލަތުގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވޭނެ މަގުފަހި ކުރުމަށްޓަކައި ހުށަހަޅާފައިވާ އިޞްލާޙެއްކަމަށެވެ.
ދައުރުން ބޭރުންޖަލްސާއެއްބާއްވާ ސިއްޙީކުއްލި ނުރައްކަލު ހާލަތު އުވާނުލެވުނަސް ކައުންސިލް އިންތިޚާބް ބޭއްވޭނެގޮތައް ޤާނޫން އިސްލާާހުކުރުމަށް މިއަދު ހުށައަޅައިފިން. pic.twitter.com/1gdpmRFikr
— Ali Niyaz ? (@ali_niya) January 7, 2021
އިންތިޚާބާބެހޭ ޚާއްސަ ޤާނޫނަކީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އިންތިޚާބު ބޭއްވޭފަދަ ޙާލަތެއް ނެތުމުން ޤާނޫނީގޮތުން އުފެދުނު ހުސްކަން ފުރާލުމަށްޓަކައި އެކުލަވާލި ޤާނޫނެކެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ޖެހުމުން އެކަމަށް މިޤާނޫނުން ޙައްލެއް ގެނައެވެ.
ޚާއްސަ ޤާނުނުގައި ބުނެފައިވަނީ އިންތިޚާބާއި ގުޅޭ ކަންކަން އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނީ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންކަމަށެވެ. ރާއްޖޭގައި ޢިއުލާންކޮށްފައި އޮތް ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއްޔެ ނިޔަލަށް ހަމަވުމުން އެޗްޕީއޭއިން ވަނީ އަންނަ މަހުގެ 3 ވަނަދުވަހުގެ ނިޔަލަށް އަނެއްކާވެސް މުއްދަތު އިތުރުކޮށްފައެވެ.
މިއާއެކު އިންތިޚާބު ބޭއްވުމަށް މިހާރު ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލުމަށް ކަމާބެހޭ ފަރާތްތަކުން ގުޅިގެންދަނީ މަސައްކަތް ކުރަަމުންނެވެ. އެގޮތުން އަންނަ އެޕްރީލްމަހުގެ 3ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ މިހާރު އަނެއްކާވެސް ތާވަލްކޮށްފައެވެ.