ބައެއް ރަށްރަށާއި ރިސޯޓުތަކުގައި ސިފައިންގެ ތަމްރީނުތަކެއް!

ބައެއް ރިސޯޓުތައްވެސް ހިމެނޭގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ބައެއް ރަށްރުގައި ދިވެހި ސިފައިން   ތަމްރީންތަކެއް ކުރިއަށްގެންދަން ފަށައިފިއެވެ.

މިތަމްރީންތަކަކީ އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކަމާންޑްގައި ހިންގާ ތަމްރީންތަކެއްކަމަށް އެމްއެންޑީއެފުން ހާމަކުރައްވައެވެ. މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވަނީ ޅ.އަތޮޅުގެ ބައެއް ރަށްރަށުގައާއި އެސަރަޙައްދުގެ ރިސޯޓްތަކުގައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިތަމްރީންގެަކުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާނެކަމަށް ޢާއްމުރައްޔިތުންގެ މަޢުލޫމާތަށްޓަކައި އެމްއެންޑީއެފުން ހާމަކުރައްވައެވެ.  މިއީ މިމަހުގެ 10ވަނަ ދުވަހުގެ ނިޔަލަަށް ކުރިއަށްދާ ތަމްރީންތަކެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.