ޓްރަމްޕަށް ތާއީދުކުރާ މީހުންގެ 'ހަަމަލާ'އަށް ފަހު، ރިޔާސީ އިންތިޚާބުގެ ނަތީޖާ ތަސްްދީގުކުރުމަށް ބާއްވާ ކޮންގްރެސްގެ ޖަލްސާ އަލުން ފަށައިގެން ކުރިއަށް

ރައީސު ޓްރަމްޕަށް ތާއީދުކުރާ މީހަކު ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރ ނެންސީ ޕެލޯސީގެ އޮފީހުގައި

އެމެރިކާގައި ފާއިތުވި ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާ އެމެރިކާގެ ގާނޫނު އަސާސީގައި ވާގޮތަށް ތަސްދީގުކުރުމަށް ކޮންގްރެސްއިން އިއްޔެ މެންދުރު (ރާއްޖޭ ގަޑިން ރޭ 10 ޖެހިއިރު) ފެށި ޖަލްސާކުރިއަށް ދަނިކޮށް ރައީސު ޑޮނާލްޑް ޓްރަމްޕަށް ތާއީދުކުރާ ގިނަ ބަޔަކު ކޮންގްރެސްެގެ އިމާރާތަށް ވަދެގަނެ ޖަލްސާ ހުއްޓުވާފައި ވަނިކޮށް، ރޭ 8 ޖެހިއިރު (ރާއްޖޭ ގަޑިން ހެނދުނު 6 ޖެހިއިރު) ޖަލްސާ ފަަށައިގެން ކުރިއަށް އެބަދެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ހަމަޖެހިފައިވާ ގޮތުން ރައްޔިތުން ވޯޓުލަނީ ރައީސުއ  އިންތިޚާބުކުރާނޭ އިލެކްޓޯރަލް ކޮލެޖް ހޮވުމަށެވެ. އޭގެ ފަހުން އިލެކްޓޯރަލް ކޮލެޖް ބައްދަލުވުމަށް ފަހު އިންތިޚާބު ކާމިޔާބުކުރެއްވި ބޭފުޅަކު ރަސްމީކޮށް އިއުލާންކުރެއެވެ. 306-232 ވޯޓުން މިފަހަރުގެ އިންތިޚާބު ކާމިޔާބުކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަންއެވެ.

އިންތިޚާބުގެ ފަހު މަރުހަލާއަކީ ކޮންގްރެސް ދެ ގެ، ސެނެޓާއި، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ގުޅިފައިވާ ބައްދަލުވުމުއްގައި އިލެކްޓޯރަލް ކޮލެޖްގެ ވޯޓު އަލުން ގުނައި ނަތީޖާ ތަސްދީގުުކުރުމެވެ. އިއްޔެ ބޭއްވި ޖަލްސާއަކީ މިކަމަށް ބޭއްވި ޖަލްސާއެވެ.

ރޭ ފެނިގެން ދިޔައީ އެމެރިކާއާއި އިނގިރޭސިވިލާތާ ދެމެދު 1812 ވަނަ އަހަރު ފެށުނު ހަނގުރާމައިގެ ތެރޭގައި، 24 އޮގަސްޓް 1814 ވީ ދުވަހު އިނގިރޭސި ސިފައިން ކޮންގްރެސްގެ އިމާރާތް، 'ކެޕްޓޯލް ބިލްޑިންގ' އަށް ވަދެ އެތަނުގައި ރޯކުރި ފަހުން ބަަޔަކު އިމާރާތަށް ފުރަތަމަ ވަދެގަތް ފުރަތަމަ ވަދެގަތް މަންޒަރެވެ. ބައެއެް މީހުން ޖަލްސާ ހިނގަމުން ދިޔަ މާލަމަށް ވަދެގަތް އިރު ކޮންެގްރެސްގެ ތިރީ ގެ ހައުސް އޮފް ރެޕްރެޒެންޓެވިސްގެ ސްޕީކާ ނެންސީ ޕެލޯސީގެ އޮފީހަށް ވަދެގަނެ އެތަނުގައި ހުރި ތަކެއްޗަށްވެސް ގެއްލުން ދީފައި ވެއެވެ.

އެމެރިކާގެ ކުރީގެ ރައީސުން ކަމުގައިވާ ބިލް ކްލިންޓަން، ޖޯޖް ޑަބްލިޔު ބުޝް އަދި ބަރަކް އޮބާމާ ޓްރަމްޕަށް ތާއީދުުކުރާ މީހުންގެ އަމަލުތައް ކުށްވެރި ކުރައްވައި ބަޔާންތައް ނެރެއްްވާފައި ވާއިރު، ދުނިޔޭގެ ކަންކޮޅުތަކުން އެގި ގައުމުތަކުގެ ލީޑަރުން ގެންދަަވަނީ ބަަޔަކު ހިންގި ޑިމޮކްރެސީއާ ޚިލާފު އަމަލު ކުށްވެރިކުރައްވަމުންނެވެ.

ޚުދް ރައީސު ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ބައެެއް ބޭފުޅުން ވެސް ގެންދަވަނީ ރޭގައި ހިނގި ހާދިސާތަކާ ގުޅިގެން ރައީސު ޓްރަމްޕް ކުށްވެރިކުރައްވަމުންނެވެ.

"މީހުން އެއްކުރެއްވީ ރައީސު، އެމީހުންނަށް ހިތްވަރުދެއްވީ ރައީސު، އެމީހުންނާ މުޚާޠާބުކުރައްވައި ވާހަކަފުޅުދެއްކެވީ ރައީސު، ހުޅުރޯކުރެއްވީ ރައީސު، މިއީ އެެއްވެސް ސުވާލެއް އޮތް ކަމެއް ނޫން." ކޮންގްރެސްގައި ވަޔަމޮންގް ތަމްސީލުކުރައްވާ މެންބަރު ލިޒް ޗޭނީ ވިދާޅުވިއެވެ.

ނާއިބު ރައީސު މައިކް ޕެންސް އަދި ސެނެޓްގެ މެޖޯރިޓީ ލީޑަރު މިޗް މެކްކޮނެލް (ރިޕަބްލިކަން) ވެސް ވަނީ ރޭގެ އަމަލުތައް ކުށްވެރިކުރައްވާފައެވެ.

"މިއީ އެމެރިކާގެ ކެޕިޓޯލްގަައި އަނދިރި ދުވަހެއް." ސެނެޓްގެ ޖަލްސާ އަލުން ފަށްޓަވަމުން މައިކް ޕެންސް ވިދާޅުވިއެވެ. "އަހަރުމެންގެ ކެޕިޓޯލްގައި މިއަދު ހަމަނުޖެހުން ހިންގި މީހުންނަށް (ބުނެލަން) ތިޔަބައިމީހުން މޮޅެއް ނުވި." ފެންސް އިތުރަށް ވިދާޅުވިއެވެ.

"އެމީހުން އުޅުނީ އަހަރުމެންގެ ޑިމޮކްރަސީ އަށް ހުރަސް އަޅަން، އެމީހުން ފޭލްވެއްްެޖެ، އެމީހުން ފޭލްވެއްޖެ." ސެނެޓްގެ ޖަލްސާ އަލުން ފެށުމާއެކު ވާހަކަފުޅު ދައްކަވަމުން މެކްކޮނެލް ވިދާޅުވިއެެވެ.

ރޭގެ ހާދިސާތަކާ ގުޅިގެން ޓުވިޓާއިން ވަނީ ރައީސު ޓްރަމްޕްެގެ ޓުވިޓާ އެކައުންޓު 12 ގަޑިއިރަށް ސަސްޕެންޑް ކޮށްފައެވެ. އަދި ރައީސު ޓްރަމްްޕް އަޕްލޯޑް ކުރައްވާފައިވާ ރޭގެ މުޒާހަރާގެެ ވީޑިއޯތައް ފޭސްބުކް، ޔޫޓިއުބް އަދި ޓުވިޓާއިން ވަނީ ނަގާފައެވެ.

ރިޔާސީ އިންތިޚާުބުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވައި ރައީސު ޓްރަމްޕް ގެންދަވަނީ ނަތީޖާ ބަދަލުކުރެއްވުމަށް ކުރެއްވުނުހާ މަސައްކަތެއް ކުރައްވަމުންނެވެ. ރޭ ވައިޓް ހައުސް ކުރިމައްޗަށް އެތައްހާސް ބަޔަކު އެެއްކުރައްވައި ދެއްކެވީވެސް އެވާހަކަފުޅެވެ. މީހުން ކޮންގްރެސްގެ އިމާރާތަށް ވަދެގަތީ އެއަށްފަހުއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.