"މާފުށި، ޖަލުން ބަޔަކު ފިލި ވާހަކައަކީ ދޮގެއް"

މާފުށި ޖަލު ހިމެނޭ ސަރަހައްދަށް ޤަވާޢިދާ ޚިލާފަށް ބަޔަކުވަނުމާއެކު ޖަލުވަނީ ކުއްލި ޙާލަތަށް ގެނެސްފައިކަމަށާ، އެއްވެސް ޤައިދީއަކު ޖަލުން ފިލާފައި ނުވާކަމުގެ ޔަޤީންކަން ދެއްވާކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

އޭނާ މިގެން ވިދާޅުވީ މާފުށީ ޖަލުން ދެ ޤައިދީއަކު ފިލާފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޮޓުކޮށްފައިވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

މާފުށީ ޖަލުގައި ހިނގައިގެން އުޅޭ ހާދިސާއަކާގުޅިގެން ޖަލު އޮފިސަރުންނާއި، ފުލުހުން ގުޅިގެން ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަަށް ގެންދަންކަމަށް ފުލުހުންވަނީ މީޑިއާއަށް ހާމަކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.