ކައުންސިލް އިންތިޚާބުގެ ޤާނޫނީއިސްލާޙު ވަރަށްއަވަހަށް ހުށަހަޅާނަން: ރިފްޢަތު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް މިހާރު ދިމާވެފައިވާ ޤާނޫނީ ބައެއް ހުރަސްތަކަށް ޙައްލު ހޯދުމަށްތަކައި ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނަށް އިޞްލާޙުގެނައުމަށްޓަކައި ކަމާބެހޭ ބިލެއް ސަރުކާރުން މިހާރުދަނީ އެކުލަވާލަމުންކަމަށާ، އެބިލު ވީހާވެސް އަވަހަކަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

ރިފްޢަތު މިހެން ވިދާޅުވީ މިއަދު ކުރެއްވި  ޓްވީޓެއްގައެވެ.

ޚާއްސަ ޤާނޫނުގެ ދަށުން އިންތިޚާބު ބޭއްވުމަށް ހުރަސްތަކެއް ކުރިމަތިބވެފައިވާތީ އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަވެ. މިކަން މިހެން ދިމާވެފައި މިވަނީ އިލެކްޝަންސް ކޮމިޝަނަށް ލިބެންޖެހޭ ބާރެއް އެހެންބަޔަކަށް ލިބިދީފައި އޮތުމުންކަމަށް ވިދާޅުވެ އިލްކެޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފުވަނީ މީޑިއާގައި ނުރުހުން ފާޅުވެސް ކުރައްވާފައެވެ.

އިންތިޚާބާބެހޭ ޚާއްސަ ޤާނޫނަކީ ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އިންތިޚާބު ބޭއްވޭފަދަ ޙާލަތެއް ނެތުމުން ޤާނޫނީގޮތުން އުފެދުނު ހުސްކަން ފުރާލުމަށްޓަކައި އެކުލަވާލި ޤާނޫނެކެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ޖެހުމުން އެކަމަށް މިޤާނޫނުން ޙައްލެއް ގެނައެވެ.

ޚާއްސަ ޤާނުނުގައި ބުނެފައިވަނީ އިންތިޚާބާއި ގުޅޭ ކަންކަން އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނީ ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންކަމަށެވެ. ރާއްޖޭގައި ޢިއުލާންކޮށްފައި އޮތް ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއްޔެ ނިޔަލަށް ހަމަވުމުން އެޗްޕީއޭއިން ވަނީ އަންނަ މަހުގެ 3 ވަނަދުވަހުގެ ނިޔަލަށް އަނެއްކާވެސް މުއްދަތު އިތުރުކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.