މޫސުން ގޯސް، މިއަދު މުޅި ރާއްޖެއަށް ވިއްސާރަކުރާނެ - މެޓް

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު މިއަދު މުޅި ރާއްޖެއަށްވެސް ވިއްސާރަކުރާނެ ކަމަށާ، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިރާ (މެޓް އޮފީސް)އިން ވިދާޅުވެއްޖެއެވެ.  މެޓް އޮފީހުންވަނީ  މޫސުމަށް ސަމާލުވުމަށް ޤައުމީ އިލްތިމާސްކުރައްވާފައެވެ.

އެ އޮފީހުން ވިދާޅުވާގޮތުގައި ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވެއެވެ. އަދި ރާއްޖޭގެ ދެކުނުުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާ، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް އެއޮފީހުން ލާފާކުރެއެވެ.  މީގެއިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އުތުރުން ހއ.އިން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މުޅި ރާއްޖެއަށް ވަނީ މިހާރު ވައިޓް އެލަރޓްވެސް ނެރެފައެވެ. މި އެލަރޓުގެ ވަގުތަކީ ހެނދުނު 9:15 އިން ފެށިގެން މެންދުރުންއަނބުރައި 1:00ގެ ނިޔަލަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.