ހުޅުމާލޭގައި ބިދޭސީއަކަށް ޙަމަލާދީ އޭނާގެ ފޯނާއި ވޮލެޓު ފޭރިގެންފިއެވެ.
ފުލުހުން ހާމަކުރާގޮތުގައި ހުޅުމާލޭގައި ބިދޭސީއަށް ޙަމަލާދީ އޭނާގެ ފޯނާއި ވޮލެޓު ފޭރިގަނެފައިވާކަމުގެ މައްސަލައެއް މިރޭ ފުލުހުންނަށްވަނީ ހުށަހަޅާފައެވެ. މިޙާދިސާގައި ބިދޭސީ މީހާއަށް ލިބުނު އަނިޔާތަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހްޤީޤުކުރަމުންނެވެ.