އިސްލާމީ މަރުކަޒު ރަގަޅަށް ބަލަހައްޓަވައިދެއްވާ – ވައްޑެ

މަސްޖިދުއްސުލްޠާން މުޙަންމަދު ތަކުރުފާނުލް އަޢުޡަމް ނުވަތަ އިސްލާމީ މަޒުކަޒުގެ އާބާތުރަ ފިލުވައި ރަނގަޅަށް ބަލަހައްޓަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙަންމަދު ވަޙީދު (ވައްޑެ) ގޮވާލައްވައިފިއެވެ.

ވައްޑެ މިކަމަށް ގޮވާލެއްވީ އިސްލާމީ މަރުކަޒުގެ ބޭރުގައި ލާފައިވާ ކުލަ ފޮޅިފައިވާ މަންޒަރާއި، އެނޫންވެސް މަރާމާތުކުރަންޖެހޭ ކަންކަން ފެންނަހެން ފޮޓޯ ނަންގަވައި އެއާއެކު ކުރެއްވި ޓްވީޓެއްގައެވެ. އޭނާ ވިދާޅުވެފައިވަނީ އިސްލާމީ މަރުކަޒަކީ ރައީސްމައުމޫނުގެ ވެރިކަމުގެ ކުރީކޮޅުއްސުރެ ވަރަށްލޯބިން ފަރުވާތެރިކަމާއެކު ބަލަހައްޓަމުން އަންނަ ރާއްޖޭގެ މުހިންމު ބިނާއެއްކަމަށެވެ. އަދި މިހާރު މިތަން ވީރާނާވަމުން އަންނަތަން ފެނުމަކީ ވަރަށް ހިތާމަވެރިކަމެއްކަމަށާ، މިތަން ރަގަޅަށް ބަލަހައްޓައިދެއްވުމަށް އެދޭ ކަމަށެވެ. ވައްޑެއަކީ މިހާރުގެ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މަޖިލިސް މެމްބަރެކެވެ.

އިސްލާމީ މަރުކަޒު ހުޅުވީ 1984ވަނަ އަހަރުގެ ނޮވެމްބަރުމަހުގައެވެ. މިއީ މާލޭގެ މުހިންމު ބިނާއެއްގެ ގޮތުގައި ފާހަގަކުރެވޭ ބިނާއެކެވެ. އަދި ދީނީ އިޖުތިމާޢީ ޖަލްސާތަކާއި ދީނީ ޙަރަކާތްތައް ބާއްވާ މުހިންމު މުއައްސަސާއެކެވެ. ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ ހުންނަނީވެސް މި މަރުކަޒުގެ ޢިމާރާތުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.