ވިހިވިހީގެ ހިތްދަތިކަމުން އަރައިގަތުމަށް އެލައިޑުގެ މުހިންމު މެސެޖެއް

ރައްޖޭގެ އާބާދީގެ ތިންބައިކުޅަ ދެ ބައަށްވުރެ ގިނަ މީހުން ދިރިއުޅެނީ ވެރިރަށް މާލޭގައެވެ. ގިނަބަޔަކީ ލިބޭ ޢާމްދަނީ އެކުގައިހެން ދިރިއުޅޭ ތަނުގެ ކުއްޔާއި އެހެނިހެން ބިލްތަކަށް ހޭދަކޮށްގެން އުޅޭ މީހުންނެވެ. މިހާ ދަތި ޙާލުގައި މިހާ ގިނަބަޔަކު މާލޭގައި މިއުޅެނީ ކީއްވެގެންހެއްޔެވެ؟ މިސުވާލުގެ ޖަވާބު އެކި މީހުންދޭނީ އެކި ގޮތަށެވެ. އެމީހެއްގެ ޙާލަތަށް ރިޢާޔަތްކޮށެވެ. ޝައްކެއްތީ ކޮންމެމީހަކުވެސް މިހެން މިއުޅެނީ މިއަށްވުރެ މޮޅުގޮތެއް ފެންނަން ނެތީމަ ކަމެވެ.

ކޮވިޑް-19އާއެކު މުޅި ޤައުމު އިނދަޖެހުމުން އެނެމްބޮޑު ހިތްދަތިކަމެއް ތަޙަންމަލުކުތަންޖެހުނު އެއްބަޔަކީވެސް މާލޭގައި ދިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނެވެ. ޚާއްސަކޮށް "ޕްރައިވެޓް ސެކްޓަރ"ގައި މަސައްކަތްކޮށްގެން ޢާމްދަނީ ހޯދައިގެން މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ މީހުންނެވެ.

ގެދޮރު ކުއްޔަށް ދީގެން ޢާމްދަނީ ހޯދަމުންދިޔަ މާލޭގެ ބައެއް މީހުން ވަރަށް ހެޔޮފުޅެވެ. ކޮވިޑާ ގުޅިގެން ގޭގޭގެ ކުލިން ބައެއް އުނިކޮށްދެއްވިއެވެ. އަނެއްބަޔަކު ހަމަ ކަހާތަން ހިރުވާވެސް ނުލިއެވެ. އަޅުގަނޑުގެ ރައްޓެސަކު ގޭގޭ ވެރިމީހާކުރެން ކުލި ކުޑަކޮށްދޭތޯ އެދުނެވެ. މިޙާލަތުގައި ދިމާވެފައިވާ ދައްކާއި ވަޒީފާ ގެއްލުމުން ޢާމްދަނީ ލިބޭނެ ގޮތެއް މިވަގުތު ނެތްވާހަކައާއި، މިހާރު މި ޚަރަދުކުރަނީ އެތައްދުވަހެއްގެ މަސައްކަރުން މައިންބަފައިން ގޮވައިގެން ޙައްޖަށް ދާން އެއްކުރި ފައިސާކޮޅުންކަމަށް ބުނެ ޙާލަތު ބަޔާންކުރިއެވެ.

ވެރިމީހާގެ ޖަވާބަކީ "ބަލަ ކޮވިޑާ ގުޅިގެން ދަތިނުވަނީ ކާކަށް ހެއްޔެވެ؟ އެމެރިކާގެ ރައީސަށްވެސް އެއުޅެނީ ދަތިވެގެންނެވެ. ތިޔަކަން ކޮށްދެވޭކަށް ނެތެވެ." ހަަމަ އެންމެ ބައިރުފިޔާއެއްވެސް އުންޏެއް ނުކުރިއެވެ.

ދަންނަވަން މިއުޅޭ ވާހަކައަކީ މިޙާލަތުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީވުމުގެ މުހިންމުކަމުގެ ވާހަކައެވެ. ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ކުރިއަރައިދާނީ އެކަކުއަނެކަކަށް އެހީވެގެންނެވެ. ޤައުމު ބިނާކޮށް، ޤައުމުގެ އިޤްތިޞާދު މިޙާލަތުން ސަލާމަތްކުރުމަށް މަސައްކަތްކުރާ މުވައްޒަފުންގެ އަގު އެންމެންވެސް ވަޒަންކޮށްގެންނެވެ. ކޮންމެމީހަކުވެސް ތިމާއަށްވުރެ ނިކަމެތި މީހާއަށް އެހީވެގެންނެވެ.

އަބަދުވެސް ތަފާތު އިސްތިހާރުތައް ގެނެސްދޭ އެލައިޑް އިންޝުއަރެންސްގެ މި ވީޑިއޯއިން މިފަދަ އެތައް މެސެޖެއް ދެއެވެ. ހަމަ ގައިމުވެސް އަޅުގަނޑު ފެންކަޅިކޮށްލައިފިއެވެ.

https://fb.watch/2M8SXlweEz/

އަޅުގަނޑުމެންނަކީ އެއް ބައެކެވެ. ތިމާގެ އަޚާއަށް ވެދެވޭ ވަރަށް ކުޑަކުޑަ އެހީއަކީވެސް މިޤައުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު ޚިދުމަތެކެވެ. ކިތަންމެ ކުޑަކުޑަ ކަމަކުންވެސް ވަަރަށްބޮޑު ނަތީޖާއެއް ނޔުކުމެދާނެއެވެ. ތެދެކެވެ އެއްވެސް މީހަކަށް އެންމެން ހިތް ހަމަޖައްސައެއް ނުދެވޭނެއެވެ. އެހެންނަމަވެސް ކޮންމެ މީހަކަށްވެސް ކޮންމެވެސް މީހަކު ހިތްހަމަޖެއްސިދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.