ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމަށް ސަރުކާރުން ސިންގަޕޫރުގެ ކުންފުންޏަކާއެކު ސޮއިކުރަން ނިންމައިފިއެވެ. މިގޮތުން ސިންގަޕޫރުގެ އެސްޓްރާޖެނެކާ ޕީ.ޓީ.އީ. އެލް.ޓީ.ޑީ. އާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީީ އޮފް ފަިއނޭންސުން ހާމަކުރެއެވެ.
ފައިނޭންސް މިނިސްޓަރު މިއަދު ނެރުއްވި ގަރާރުގައި ވިދާޅުވި ގޮތުގައި މި ވެކްސިނަކީ ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެން ނެތް ވެކްސިނެއް ފާހަގަކުރައްވައި ރައްޔިތުންނަށް ކޯވިޑުން ރައްޔިތުން ރައްކާތެރިކުރުމަށް ކޮންމެހެން ހޯދަންޖެހޭ ވެކްސިނެއްކަމަށް ބަޔާން ކޮށްފައިވެއެވެ. އެހެންކަމުން ވެކްސިން ހޯދުމުގެ އެއްބަސްވުމުގައި ސޮއިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށްވާތީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ނަންބަރު R-20/2017 ގެ 1-02-1ވަނަ މާއްދާއިން މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން އެއްބަސއވުމުގައި ސޮއިކުރައްވައި އެއްބަސްވުން ތަންފީޒުކުރުމަށްޓަކައި 4 މާއްދާއަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ވަނީ ނިންމަވައިފައެވެ. އެ ހަތަރު މާއްދާ އަކީ މާލިއްޔަތު ގަވާއިދުގެ 10-43 އާއި 10-52 އާއި 10-67އާއި 10-71 އެވެ. މި މާއްދާތަކަށް އަމަލުނުކުރަން ނިންމެވީ ވެކްސިން ގަތުމަށް ވެވޭ އެއްބަސްވުމުގެ މުއްދަތަށެވެ.