އިނގިރޭސިވިލާތާއި ތުރުކީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިނގިރޭސިވިލާތް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަކިވާން ކައިރިވެފައި ވަނިކޮށް، އެ ގައުމުން ތުރުކީއާއެކު މިިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެެވެ. ޚަބަރުލިބޭ ގޮތުގައި ދެ ގައުމު އޮތީ މި އެއްބަސްވުމަށް މާކުރިން ތައްޔާރުވެފައެވެ. އެހެންނަަމަވެސް އިނގިރޭސިވިލާތް އީޔޫއިންް ވަކިވުމާ ބެހޭ އެއްބަސްވުން އެކުލަވާނުލެވޭތީ ގެ ދައުމު މަޑުކޮށްެގެން ތިބީއެވެ.

މިއަހަރު ނިމުމާއެކު އިނގިރޭސިވިލާތް އީޔޫއިން ވަކިވާއިރު، އިނގިރޭސި-ތުރުކީ މިނިވަން ވިޔަފާރީގެ އެެެއްބަސްވުމަށް 1 ޖަނަވަރީ 2021 ގައި އަމަލުކުރަން ފަަށާނެއެވެ.

ދެ ގައުމުގެ ދެމެދުގައި އަހަރަކު 18.6 ބިލިއަން ސްޓާލިން ޕައުންޑު (25.18 ބިލިއަން އެމެރިކާ ޑޮަަލަރު) ގެ މިނިވަން ވިޔަފާރިއަށް މަގުފަހިކޮށްދޭ މި އެއްބަސްވުން ބިނާވެފައި ވަނީ މައިގަނޑު 3 ސިނާއަތެއްގެ މައްޗަށެވެ. އެއީ، ކާރު އުފެއްދުމާއި، ދަގަނޑުގެ އުފެއްދުންތަކާއި، ޕްރޮސެސްކުރުމުގެ ސިނާއަތެވެ. މީގެ ތެރޭގައި ކާބޯތަކެއްޗާއި، ފޭރާމާއި، ޕެޓްރޯކެމިކަލް އުފެއްދުންތަކާއި، އިލެކްޓްރޯނިކްސް ހިމެނެއެވެ.

"މިނިވަން ވިޔަފާރީގެ މި އެއްބަސްވުމަކީ ތުރުކީއާއި އިނގިރޭސިވިލާތާއި ދެމެދު އޮތް ގުޅުމުގައި ގިރާ ކުރެވޭ އާ ހަރުފަތެއްް." ތުރުކީގައި ހުންނަވާ އިނގިރޭސި އެންބެސެޑަރު ޑޮމިނިކް ޗިލްކޮޓް މި އެެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ތުރުކީގެ ޓްރޭޑް މިނިސްޓަރު ރުހްސާރް ޕެކްޖާން ވިދާޅުވިއެވެ.

އިނގިރޭސި ސަރުކާރުން ނެރުނު ބަޔާނެއްގައި ވާގޮތުން 2019 ވަނަ އަހަރު ތުރުކީއަށް މުދާ ބޭރުކުރުމުގައި ހަރަކާތްތެރިވި 7600 އިނގިރޭސި ކުންފުންޏަކަށް މި އެއްބަސްވުމުގެ ދަށުން ފައިދާ ލިބިގެންދާނެއެވެ.

ތުރުކީން އަހަރަކު 7.8 ބިލިއަން ޕައުންޑު (10.55 ބިލިއަން އެމެރިކާ ޑޮަލަރު) ގެ މުދާ އިނގިރޭސިވިލާތުން އެތެރެކުރެއެވެ. އިނގިރޭސިވިލާތުން ބޭރުކުރާ ކޮންމެ 3 ކާރަކުން 1 ކާރު އެތެރެވަަނީ ތުރުކީއަށެެވެ. އަދި އިނގިރޭސިވިލާތުގެ މަގުތަކުގައި ދުވާ ބޮޑެތި އުޅަނދުތަކުގެ ފަސްބައިކުޅަ އެއްބަޔަކީ ތުރުކީގެ އުފެއްދުމެވެ.

މި އެއްބަސްވުމަކީ ވިޔަފާރީގެ އެއްބަސްވުމަކަށް ވިޔަސް މިއީ އީޔޫއަށް ދިން ވަރުގަަދަ ސިޔާސީ މެސެޖެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެނީ، މިއީ ތުރުކީއާ އީޔޫއާ ދެމެދު އުފެދިފައި އޮތް އަރައިރުމުގައި ތުރުކީއަށް ލިބޭނެ އިތުރު ބާރަކަށް ވެގެން ދާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.