ފްލައިން ސްކޫލު މައްސަލަ ހައްލުކުރުމަށް މަޖިލިސް މެންބަރުން އައްޑުއަށް

ފްލައިން ސްކޫލުގެ ދަރިވަރުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީގެ މެމްބަރުންގެ ވަފުދެއް އައްޑުއަށް ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި އައްޑުއަށް ވަޑައިގެންނެވީ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމެޓީގެ ހަ މެންބަރުންނެވެ. ކޮމެޓީގެ މެންބަރުން އައްޑޫ ސިޓީ ކައުންސިލާއި ފްލައިން ސްކޫލުގެ މެނޭޖްމެންޓާއި ގަން އިންޓަރނޭޝަނަަލް އެއާޕޯޓުގެ ބޭފުޅުންގެ އިތުރުން ފްލައިން ސްކޫލުގެ ދަރިވަރިވަަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރައްވާނެއެވެ.

ފްލައިން ސްކޫލުގެ ދަރިވަރުންނަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް، ދާދިފަހުން ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރައްވަން ނާއިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ އެދިވަޑައިގެންފައެވެ. އައްޑޫގައި ހުންނަ އޭޝިއަން އެކެޑަމީ އޮފް އެއޮރޯނޯޓިކްސް (އޭ.އޭ.އޭ) ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމާއި ބެހޭ ގޮތުން ނާއިބް ރައީސް ކަމާ ގުޅުން ހުރި ދާއިރާ ތަކާ މަޝްވަރާ ކުރެއްވިއެވެ. ‎މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަޙުލާގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.