ރުގުޔާގެ ނަމުގައި ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ދެމީހުންނަށް ދައުވާކުރުމަށް ފޮނުވައިފި

ރުގުޔާގެ ނަމުގައި އަންހެނަކާއި އޭނާާގެ ތިން ދަރިންނަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުން ހައްޔަރުކުރި ދެމީހުންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އެމައްސަލަ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ. 

މިމައްލައިގެ ތުހުމަތު ކުރެވޭ ދެމީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން ފޮނުވީ އިއްޔެވެއެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޢުމުރުން 24 އަހަރުގެ މީހަކާއި 39 އަހަރުގެ މީހެކެވެ. މިދެމީހުންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. 

މެދުރާއްޖެ ތެރޭގެ ރަށެއްގައި މަންމަ އާއި ތިން ކުދިން ގޭތެރޭގައި ބަންދުކޮށް ތިން މަސް ދުވަސްދެން ގެންގުޅުނުކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އެ ތިންމައިން ގޭގައި ބަންދުކޮށްގެން ގެންގުޅުނީ ޖިންނީންގެ އުނދަގުލުން ސަލާމަތްވާނެކަމަށް ބުނެ ގޭގައި ބަންދުކޮށް ރުގުޔާގެ ނަމުގައި އަނިޔާކުރުމަށްކަމަށް ވެސް ވަނީ ތުޙުމަތު ކޮށްފައެވެ. ރުގުޔާގެ ނަމުގައި ކުރި އަނިޔާގައި ހަތް އަހަރުގެ އަންހެން ކުއްޖާ އަށް ޖިންސީގޯނާކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައެވެ. އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާ ދިން ކަމަށް ވެސް ވަނީ ތުޙުމަތު ކުރެވިފައެވެ. މިއަނިޔާތައް އެ ހަތަރު މައިންނަށް ދިން ކަމަށް ތުހުމަތު ކޮށްފައި ވަނީ އަންހެންމީހާގެ ފިރިމީހާ އާއި އެރަށުގެ ރުގުޔާކުރާ މީހެއް ގުޅިގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.