އަންދާޒާއަށްވުރެ އިތުރަށް ރިނބުދުއަށް ދިވެހިން ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފި

މިމަހު ރިނބުދުއަށް ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރި ވަރަށްވުރެ އިތުރަށް އެރަށަށް ދިވެހިން ޒިޔާރަތްކުރާނެކަމަށް ރިނބުދޫ ކައުންސިލުން ލަފާކުރެއެވެ. 

ކޯވިޑާ ގުޅިގެން ފަތުރުވެރިންނަށް ރިނބުދުއަށް ޒިޔާރަތް ނުކުރެވޭތީ އެރަށުގެ ކައުން ސިލުން ކަނޑައެޅީ ރަށްރަށުން އެރަށަށް ޑިސެމްބަރު މަސްތެރޭގައި މަދުވެގެން އެއްހާސް ދިވެހިން ނުވަތަ ލޯކަލް ޓޫރިސްޓުން ގެންދިއުމަށެވެ. މަސް ނިމޭއިރު އެއަންދާޒާއަށް ވުރެ ރަށަށް ޒިޔާރަތްކުރާނެ ދިވެހިންގެ އަދަދު އިތުރުވާނެކަމަށް ކައުންސިލުން ލަފާ ކުރެއެވެ. 

ކައުންސިލްގެ ރައީސް ހާތިމް އިބްރާހީމް ވިދާޅުވީ މިހާތަނަށް 710 ލޯކަލް ޓޫރިސްޓުން އެރަށަށް ޒިރާތްކޮށްފައިވާކަމަށެވެ. މާލެއިން ދިވެހިންނަށް އާދެވޭ ގޮތަށް އޮތްނަމަ ވަރަށް ބޮޑުތަނުން  ލޯކަލް ޓޫރިސްޓުން އިތުރުވީސްކަމަށް ހާތިމް ފާހަގަ ކުރެއްވިއެވެ. ފަތުވެރިންވެސް ޒިޔާރަތް ނުކުރާތީ ރަށަށް ލިބޭ އާމްދަނީ ވަނީ ބޮޑުތަނުން ދަށަށް ގޮސްފައިކަމަށް ހާތިމް ފާހަގަކުރެއްވިއެވެ. އެހެން އަހަރުތަކުގައި މިދުވަސް ވަރަކީ ރަށަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ދުވަސް ވަރެކެވެ. ނަމަވެސްް ކޯވިޑްގެ ސަބަބުން އެކަމަށް ވަނީ ހުރަސް އެޅިފައެވެ.

10 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.