ރާއްޖެއަކީ ކުޅޭކުޅޭ ތަނަކަށް މިސަރުކާރުން ހަދައިފި: ޑރ. ޚަލީލް

ރާއްޖެއަކީ ކުޅޭކުޅޭ ތަނަކަށް މިސަރުކާރުން ހަދައިފިކަމަށް ރައްޔތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ނުކުޅެދުންތެރިކަމާއި ނުކިއްސަރު ޚާރިޖީ ސިޔާސަތުގެ ސަބަބުން އަވަށްޓެރި ގައުމުތަކާއި ދިވެހި ރައްޔިތުންނާ ދެމެދު ނަފުރަތު އުފެދުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ކުރީގެ މަޖިލިސް މެމްބަރ ޑރ. ޚަލީލު މިމޭރުމުން ވާހަކަފުޅު ދައްކަވައިފައި ވަނީ އަވަށްޓެރި ސްރީލަންކާގައި ކޯވިޑްގައި މަރުވާ މުސްލިމުން ރާއްޖެއަށް ގެނެސް ވަޅުލުމުގެ ކަންކަން ހަމަޖެއްސުމަށް ސަރުކާރުން މަޝްވަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެމައްސަލައިގައި ސިޔާސީ ބޭފުޅުންނާއި އާއްމު ރައްޔިތުންގެ މެދުގައި ވެސް ޚިޔާލު ތަފާތު ވެފައިވާ ދަނޑި ވަޅެއްގައެވެ.

ސިޔާސީ ބޭފުޅުންގެ ތެރެއިން އެންމެ ބޮޑަށް އެކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުންގެންދަވަނީ މިސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއެއް ކަމަށްވާ ރައީސް މައުމޫނެވެ. އެމަނިކުފާނު ވަނީ މިކަމާ ދެކޮޅުކަން ހާމަކުރައްވައިފައެވެ. ކޯލިޝަންގެ އެހެން ބައިވެރިން ވަނީ މިކަމަށް ތާއީދު ކުރައްވާކަން ހާމަކޮށްފައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.