ފެނަކައަށްވުރެ އަގުހެޔޮކޮށް އައްޑޫގައި ކަރަންޓުދޭނެ ކުންފުނިތައް އެބަހުރި- ނިޒާރު

ފެނަކަ ކޯޕަރޭޝަނަށްވުރެ ހެޔޮ އަގުގައި، އަދި ފެނަކައިން ދެމުންދާ ޚިދުމަތަށްވުރެ ރަނގަޅަށް އައްޑޫ ސިޓީގައި ކަރަންޓު ދޭނެ ކުންފުނިތައް އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު އޭނާގެ ފޭސްބުކްގައި ވިދާޅުވެފައި ވަނީ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުމުގައި ފެނަކަ ކޯޕަރޭޝަން އެކަމަށް ނުކުޅެދިފައިވާ ކަމަށެވެ. އެހެންވެ އެކަން ރަނގަޅަށް ކުރެވޭނެ ބަޔަކާ ހަވާލު ކުރަން ސަރުކާރަށް ނިޒާރު ވަނީ ގޮވާލައްވާފައެވެ.

ނިޒާރު ވިދާޅުވީ ސަރުކާރުން 2018 ވަނަ އަހަރުގެ ބަޖެޓް ހުށަހަޅަން ތައްޔާރު ވަމުން އަންނައިރު މި އަހަރު އައްޑޫ ސިޓީގެ ރައްޔިތުންނަށް ވެގެން މިދިޔައީ ބޭކާރު އަހަރެއް ކަމަށެވެ. ސަރުކާރަށް ފާޑު ވިދާޅުވެ ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައީ ވަނީ 2018 ވަނަ އަހަރަށް ސަރުކާރުން ގެންގުޅެނީ "ނަހަލާލް ޕްލޭނެއް" ކަމަށާއި އެ ޕްލޭން އީޔޫގެ ގަރާރާއެކު މިހާރު ފެއިލް ވެއްޖެ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.