ޕެރިހުގައި ކުރިއަށް ދިޔަ މުޒާހަރާތައް ވަރުގަދަވެ ހަމަނުޖެހުން ހިނގައިފި

ރޭ ޕެރިހުގައި ކުރިއަށް ދިޔަ މުޒާހަރާގައި ކާރެއްގައި ރޯކޮށްލާފައި

ފްރާންސުގައި އަލަށް ފާސްކުރަން ތައްޔާރުވަމުންދާ ފުލުހުންގެ ގާނޫނާ ދެކޮޅަށް ވެރިރަށް ޕެރިހުގައި ކުރިއަށް ދިޔަ މުޒާހަރާތައް ވަރުގަދަވެ ހަމަނުޖެހުން ހިނގައިފިއެވެ.

މުޒާހަރާކުރި މީހުންގެ ތެރެއިން މޫނު ނިވާކޮށްގެން ތިބި ގިނަ އަދަދެއްެެގެ ބަޔަކު ވަނީ ފުލުހުންނާ ދިމާއަށް ތަކެތި އުކައި، ބެރިކޭޑުތަކާއި، ކާރުތަކުގައި ރޯކޮށް، ފިހާރަތަކުގެ ބިއްލޫރިތައް ތަޅާލާފައެވެ.

ފުލުހުން ރައްދުގައި ކަރުނަ ގޭސް ބޭނުންކުރިއިރު، މުޒާހަރާކުރި މީހުންގެ ގުރޫޕަކުން ވަނީ ބޭންކަކަަށް ވަދެ އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދިނުމަށް ފަހު، ލިޔެކިއުންތައް މަގުމައްޗަށް އުކާލާފައެވެ.

ފްރާންސުގެ ފުލުހުންގެ އަނިޔާވެރިކަމާ، ރައީސު އިމާނުއެލް މެކްރޯން ފުުލުހުންގެ ގާނޫނަށް ގެންނަން ނިންމަވާފައިވާ ބަދަލުތަކާ ދެކޮޅަށް ޕެރިހުގައި މުޒާހަކާކުރާ މިއީ ދެވަނަ ހަފުތާބަންެދެވެ. މުޒާހަރާކުރާ މީހުން ބުނަމުން ގެންދަނީ އައު ގާނޫނުގެ ސަބަބުން ފުލުހުންނަށް އިތުރު ބާރުތަައް ލިބިި އާއްމުންގެ މިނިވަންކަން ހަނިވެެގެންދާނެ ކަމުގައެވެ.

ޕެރިހުގެ އިތުރާށް، މާސޭ، ލިޔޯން އަދި ލިލޭގައިވެސް ރޭ މުޒާހަރާތައް ކުރިއަށް ދިޔައެވެ.

"ފްރާންސް- ފުލުހުންގެ ހައްގުތަކުގެ ބިން" "ސަލާމަތާ ބޭހޭ ގާނޫނު އަނބުރާ ގެންދޭ" ފަދަ ލިއުންތައް ހިފައިގެން އެތައް ހާސް ބަޔަކު ނުކުމު މުޒާހަރާފެށީ ސުލްހަވެރިކަމާ އެކުގައެވެ. ނަމަވެސް ވަކި ހިސާބަކުން ފުލުުހުންނާ މުޒާހަރާކުރި މީހުންނާ ދެމެދު ކުރިމަތިލުން ހިނގަން ފެށީއެވެ.

މުޅި ގައުމަށް ފެތުރެމުންދާ އިހުތިިޖާޖުތައް ރައީސު މެކްރޯންއަށް ކުރިމަތިވަމުންދާ ބޮޑު މައްސަަލައަކަށް ވެފައިވާއިރު، އިހުތިޖާޖުތައް ފުރަތަމަ ފެެށުނީ ކަޅު ނަސްލުގެ މިއުޒިކުކުޅުންތެރިއެއްގެ ގައިގާ ފުލުން ތަޅައި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިޔޯއެއް އާއްމުވުމާ ގުޅިގެންެނެވެ.

ރޭ ފްރާންސުގެ ކަންކޮޅުތަކުގައި 100 ވަރަކަށް މުޒާހަރާ ކުރިއަށް ދިޔަ ކަމަށް ބެލެވޭއިރު އިންޓީރިޔާ މިނިސްޓަރު ޖެރާލްޑް ޑަރްމަނީންް ވިދާޅުވީ މުޒާހަރާކުރި މީހުންގެ ތެރެއިން 64 މީހަކު ފުލުހުންގެ ބެލުމުގެ ދަަށަށް ގެެންގަޮސްފައިވާ ކަމުގައެވެ. އަދި ފުލުހުންެގެ 8 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައި ވާކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.